ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފައްޔާޒަކީ އެމްޑީޕީ ފިކުރުގެ ބޭފުޅެއްނޫން، އެއީ ލިބަރަލް ޕާޓީގެ ބޭފުޅެއް: ބޮންޑޭ

ޝެއާރކޮށްލާ ކަހަލަދޯ؟

އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލަކީ އެއްވެސް އިރެއްގައި އެމްޑީޕީގެ ފިކުރުގެ ބޭފުޅެއް ނޫން ކަމަށާއި އެއީ އުފެދުމުގައިވެސް ސޯޝަލް ލިބަރަލް ޕާޓީ (އެސްއެލްޕީ) ފިކުރުގެ ބޭފުޅެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

ސޯޝަލް ލިބަރަލް ޕާޓީ (އެސްއެލްޕީ) އަކީ އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހީމް އިސްމާއީލް (އިބުރާ) ނޮވެމްބަރު 25، 2006 ގައި އެ ޕާޓީން ވަކިވުމަށްފަހު އުފެއްދެވި ޕާޓީއެކެވެ. އަދި 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެސްއެލްޕީންވެސް ވާދަކުރިއެވެ.

ދެހާސް އަށްވަނަ އަހަރުގެ އިންތިޚާބުގެ ދެވަނަ ބުރުގައި އެސްއެލްޕީން ވަނީ އެމްޑީޕީއާ އިއްތިހާދުވެފައެވެ. އަދި އެޕާޓީއަށްވެސް ސަރުކާރުގެ ބައެއް މަޤާމުތައް ދެވުނެވެ. 2008 ވަނަ އަހަރުގެ މޭ 8 އަށެއްގައި އެސްއެލްޕީ ދޫކުރައްވާ އިބްރާ އެމްޑީޕީއާ ގުޅިވަޑައިގަތެވެ. އޭރު އިބްރާ ގެންދެވީ ރައީސްގެ އެޑްވައިޒަރުގެ މަގާމު ފުރުއްވަމުންނެވެ.

އެފަހަރު އިބްރާ އާއެކު، އެމްޑީޕީގެ މިހާރުގެ ޗެއާޕާސަން ޙަސަން ލަތީފް އާއި، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް ކައުންސެލް ޓު ދަ ޕްރެޒިޑެންޓް އަލްއުސްތާޛް އަހުމަދު ޢަބްދުﷲ އަފީފް އާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކޮމިއުނިކޭޝަންސް ސެކްރެޓަރީ، ޙަސަން އިސްމާއިލްވެސް އެމްޑީޕީއާއި ގުޅިވަޑައިތެވެ.

ސަންގުޓީގައި ވާހަކަ ދައްކަވަމުން ބޮންޑޭ ވިދާޅުވީ މިނިސްޓަރު ފައްޔާޒުގެ ވިސްނުމާއި އެމްޑީޕީގެ ގެންގުޅޭ ފިކުރާ ދިމާނުވާ ސަބަބަކީ، ފައްޔާޒަކީ އިބްރާ އުފެއްދެވި ޕާޓީގެ ވިސްނުމުގެ ބޭފުޅެއް ކަމަށްވާތީ ކަމަށެވެ.

ބޮންޑޭ ވިދާޅުވީ އެމްޑީޕީގެ ފިކުރާ ސިޔާސަތުތަކާއި ބީރަށްޓެހި، އެހެން ޕާޓީއެއްގެ ފިކުރާ ވިސްނުން ހުންނެވި ބޭފުޅަކު އެމްޑީޕީގެ ސްލޮޓެއްގައި ވަޒީރުކަމުގައި ހުންނެވިޔަސް، އެމްޑީޕީގެ އަސާސްތަކާއި އުސޫލާއި ފިކުރާއި ވަރަށް ދުރުވާނެ ކަމަށެވެ. އަދި އެމްޑީޕީއަކީ ވައްކަމާއި، ކޮރަޕްޝަނާއި، ޚިޔާނާތާއި ދެކޮޅު ފިކުރެއް ކަމަށާއި އެހެން ޕާޓީއެއްގެ ފިކުރު ޤަބޫލުކުރާ ބަޔަކަށް އެކަން ނޭނގޭނެ ކަމަށެވެ.

ބޮންޑޭ ވިދާޅުވީ ފައްޔާޒަކީ އެހެން ވިސްނުމެއްގެ ބޭފުޅަކަށް ވުމުން، އެމްޑީޕީއާއި އަދި ރައީސް ނަޝީދަކާވެސް މާ ބޮޑު ގުޅުމެއް ނޯންނާނެ ކަމަށެވެ. އަދި މިނިސްޓަރު ފައްޔާޒަކީ ދުނިޔޭގެ ޖަމިއްޔާތަކުން ރާއްޖެއަށްދޭ އިރުޝާދުތަކާއި ލަފާތަކަށްވެސް ބައްލަވާ ބޭފުޅެއް ނޫން ކަމަށެވެ.

ބޭރު ގައުމުތަކުން ދޭ އެހީ އާ ލޯނުތައް އެސްއެމްއީ ކިޔާ ކުދިކުދި ބޭންކުތަކެއް ހަދައިގެން މެންބަރުންނަށާއި ބައެއް ވަޒީރުން ބެހުމަކީ ބޮޑު މައްސަލައެއް ކަމަށާއި އެކޮނޮމިކް މިނިސްޓްރީން އެގޮތަށް ކަންތައްތައް ކޮށްގެން ނުވާނެ ކަމަށް ބޮންޑޭ ވިދާޅުވިއެވެ.

ބޮންޑޭ ވިދާޅުވީ އެމްޑީޕީގެ އަސާސްތަކާއި އުސޫލުތަކަކީ ލިޔެފައިވާ އެއްޗެއް ކަމަށާއި އެމްޑީޕީގެ ލީޑަރޝިޕުން ފެށިގެން އާންމު މެންބަރުންނާއި ހަމައަށް ބެލިޔަސް އެޕާޓީގެ ތަފާތުކަން އެނގޭނެ ކަމަށެވެ.

“އިކޮނޮމިކް މިނިސްޓަރަކީ ސީދާ އެމްޑީޕީއެއް ނޫން، އެއީ ލިބަރަލް ޕާޓީ، އެއީ އުފެދުމުގައި ލިބަރަލް ޕާޓީ، އެމްޑީޕީއާ ވިސްނުން އެއްގޮތެއް ނުވާނެ، ޙަޤީގަތުގައި ފައްޔާޒްމެންނަކީ އިބްރާ ޕާޓީ، އެމްޑީޕީއަކީ ކޮބައިކަން ރައްޔިތުންނަށް ވަރަށް ރަނގަޅަށް އެގޭނެ، އެމްޑީޕީގެ ސްލޮޓެއްގައި ވަޒީރުކަމުގައި ހުންނެވިޔަސް، އެމްޑީޕީގެ އަސާސްތަކާއި އުސޫލާއި ފިކުރާއި ވަރަށް ބީރަށްޓެހިވާނެ” ބޮންޑެ

މީގެ އިތުރުން ބޮންޑޭ ވިދާޅުވީ މިވަގުތު މާ ބައިބޮޑު ނުވިޔަސް ޙަޤީޤީ އެމްޑީޕީ މެންބަރުންގެ ހިތްވަރަކަށް ބަދަލެއް ނާންނާނެ ކަމަށެވެ. ބޮންޑެގެ ވާހަކައިގައި ބައިމަދު ކަމަށް އެ އިޝާރާތް ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެމްޑީޕީގެ ގައުމީ މަޖިލީސް މިހާރު އޮތް ހާލަތަކަށް ކަމަށް ބެލެވެއެވެ.

ބޮންޑެ ވިދާޅުވީ މިހާރު ގައުމަށް ވަމުންދާ ގޮތްވެސް އެނގޭ ކަމަށާއި، އެކަމަކު ވެސް ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމުގައި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދާއި އެމްޑީޕީގެ އިޚްލާސްތެރި މެންބަރުން ފަހަތަކަށް ނުޖެހޭނެ ކަމަށެވެ.

ގައުމުގެ މިހާރުގެ ހާލަތަކީ ކަނޑައެޅިގެން ބަޣާވާތްކޮށް ރައްޔިތުންނަށް އިންތިހާއަށް އަނިޔާދިން ޗަންޕާ އުއްޗުމެން ފަދަ މީހުން ޓީވީތަކަށް އަރުވައިގެން އަނގަޔަށް ކޭކު ލެވުންކަމަށް ބޮންޑޭ ވިދާޅުވިއެވެ. އަދި އެކަންކުރި އިރު އެންމެ ނިކަމެތި މީހާވެސް ގޮސް ޖީބުގައި އޮތް ވަކިލާރިކޮޅު ދަނޅަކަށް ވައްޓާލި ދުވަސް ހަނދާނުގައި ނެތް ކަމަށްވެސް ބޮންޑެ ވިދާޅުވިއެވެ.

ވަރަށް ގަދަ
11%ވަރަށް ގަދަ 11%ވަރަށް ގަޔާވޭ 44%ބޮޑު ޖޯކެއް 11%ހައިރާންވެއްޖެ 22%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: