ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނިޔާމަ ރިސޯޓުން ހަތް މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ނިޔާމަ ރިސޯޓުން ހަތް މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، އެ ރަށަށް އަރާ ފޭބުން ވަގުތީ ގޮތުން މަނާކޮށްފި އެވެ.

އެޗްއީއޯސީގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ނިޔާމަ ރިސޯޓުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ދެ ޓޫރިސްޓުންނާއި ފަސް މުވައްޒަފުން ހިމެނޭ ކަމަށެވެ.

އޭގެ ތެރެއިން ޓޫރިސްޓޫންނާއި ތިން މުވައްޒަފުން ކޮވިޑަށް ޓެސްޓުކުރީ ބަލީގެ އަލާމަތްތައް ފެނިގެން ކަމަށް ނަޒްލާ ވިދާޅުވިއެވެ. ދެން ފޮޒިޓިވްވި ދެ މުވައްޒަފުންނަކީ ކޮންޓެކްޓުން ކަމަށް ނަޒްލާ ވިދާޅުވިއެވެ.

އެހެންކަމުން އެ ރިސޯޓު އިއްޔެ މޮނިޓަރިން ހާލަތައް ގެނެސްފައިވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ، މިހާތަނަށް ޖުމްލަ 17 ސާމްޕަލްއެއް ނަގާފައިވާ ކަމަށާއި ދ. އަތޮޅު ހޮސްޕޮޓަލުގެ ޓީމަކުން މިއަދު އެ ރިސޯޓުން ރޭންޑޮމް ސާމްޕަލްތައް ނަގާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: