ރާއްޖެ އިން ބޭރުން އަންނަ ދަރިވަރުން 10 ދުވަހަށް ކަރަންޓީނުކުރަން ނިންމައިފިއެވެ.
އެޗްޕީއޭ އިން ބުނީ މި މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން ރާއްޖެއިން ބޭރުން ރާއްޖެއަށް އަންނަ ފަރާތްތަކުގެ ތެރެއިން ރާއްޖޭގެ ސްކޫލު / ކޮލެޖް / ޔުނިވަރސިޓީތަކަށް ކިޔަވަން ދާ ދަރިވަރުން ރާއްޖެއިން ބޭރުން އައުމަށްފަހު 10 ދުވަހުގެ މުއްދަތަށް ގޭގައި ކަރަންޓީނުވާން ޖެހޭނެ ކަމަށެވެ.
އަދި މިފަރާތްތައް ކަރަންޓީނުން ދޫކޮށްލެވޭނީ 10 ދުވަހަށްފަހު ހަދާ ޕީ.ސީ.އާރު ޓެސްޓްގެ ނަތީޖާ ނެގެޓިވް ވުމުން ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
މީގެ އިތުރުން މި ފަރާތްތައް ރާއްޖެ އެތެރެވާއިރު 96 ގަޑިއިރުނުވާ ނެގެޓިވް ޕީ.ސީ.އާރު ނަތީޖާ ގެންނަންވާނެ ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ.

