ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަދީބު ހިންގި ޢައިރު ޤާނޫނީ އަމަލުތައް ހުއްޓުވަން ފައިރޫޝް އެހީވި: އުމަރު

އުމަރު ނަސީރު-- ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު ހިންގި ޢައިރު ޤާނޫނީ އަމަލުތައް ހުއްޓުވަން އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި، ޑރ. އަބްދުﷲ ފައިރޫޝް އެހީވިކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

20 އަހަރަށްފަހު ފުލުހުންގެ ހިދުމަތުން ފައިރޫޝް އިއްޔެ ރިޓަޔާ ކުރެއްވިއިރު، ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުން ފައިރޫޝް ރިޓަޔާ ކުރެއްވީ ފުލުހުންގެ އާ ގާނޫނުގެ ސަބަބުންނެވެ.

ފައިރޫޝް ރިޓަޔާ ކުރެއްވުމުން އުމަރު ވިދާޅުވީ ފައިރޫޝް އަކީ ވަރަށް ތަޢުލީމީ އަދި ހުނަރުވެރި އޮފިސަރެއް ކަމަށާއި ވެރިންގެ އަރިހުގައި ގޯހަށް ގޯހޭ ބުނަން ކެރޭ ބޭފުޅެއް ކަމަށްވާއިރު ޢައިރު ޤާނޫނީ އަމުރު ތަކަށް ތަބާނުވާނޭ ކަމަށް ބުނަން ކެރޭ ބޭފުޅެއް ކަމަށެވެ.

“އަޅުގަނޑުގެ ވަޒީރު ކަމުގައި އަދީބުގެ ނުބައި އަމަލުތަކަށް ފާޅުގައި ނޫނެކޭ ވިދާޅުވާން ކެރުނު މަދު އޮފިސަރުންގެ ތެރޭގައި ފައިރޫޝް ހިމެނުނު. ފުލުހުންގެ މަދު ބަޔަކު ބޭނުން ކޮށްގެން އަދީބު ހިންގަމުން ގެންދިޔަ ޢައިރު ޤާނޫނީ އަމަލުތައް ހުއްޓުވުމުގައި އެކިގޮތްގޮތުން އަޅުގަޑަށް އެހީތެރިވެ ދެއްވި. އެކަމާ ގުޅިގެން ފައިރޫޝް ގެ ޒިންމާ ކުޑަކޮށް، ‘އެހެލަން’ މަސައްކަތް ކުރެވުނު” އުމަރު ވިދާޅުވިއެވެ.

އުމަރު ވަނީ މި ރާއްޖެ އަށް ޚިދުމަތް ކުރެއްވުމުގައި ދެމި ހުންނެވުމަށް ފައިރޫޝް އަށް ގޮވާލާފައެވެ. އަދި ‘ސިޔާސީ ޖާހިލުން’ ގެ އަތަށް ޤައުމު ދޫނުކޮށް ޤައުމުގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކުރުމުގައި ރާއްޖޭގައި ދެމި ހުންނެވުމަށް ވެސް އުމަރު ވަނީ ފައިރޫޝް އަށް ގޮވާލާފައެވެ.

ފުލުސް ކޮމިޝަނާ މުހައްމަދު ހަމީދު ފައިރޫޝަށް ޝުކުރު އަދާ ކުރެއްވުމުން އެމްޑީޕީގެ ލީޑާޝިޕްގެ ބައެއް ބޭފުޅުންނާއި އެމްޑީޕީގެ އެކްޓިވިސްޓުންގެ ފާޑުކިޔުން ވަނީ ވަރަށް ބޮޑަށް އަމާޒުވެފަ އެވެ.

އެގޮތުން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވަނީ “ހަމީދު ލަދުގަންނަން ޖެހޭ” ކަމަށް ވިދާޅުވެ ހަމީދުގެ އެ ޓްވީޓަށް ރައްދު ދެއްވާފަ އެވެ. އަދި މި ނޫނަސް ބައިވަރު ފާޑިކިޔުން ފުލުސް އިދާރާ އާއި ހަމީދަށް އައިސްފައިވެ އެވެ.

ވަރަށް ގަދަ
75%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 25%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: