ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދީބާޖާއާއި ގުޅިގެން މެންބަރު އުޝާމްގެ މައްސަލައެއް އޭސީސީއަށް!

ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް
ޝެއާރކޮށްލާ ކަހަލަދޯ؟

ީބާޖާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޑެޓަށް ބަދަލު ދިނުމަށް ސިވިލް ކޯޓުން ކުރި ހުކުމް އިސްނިއުފާނުކޮށް ލަސްކުރީ، ގަސްތުގައި އެ ކުންފުންޏަށް ނާޖާއިޒު މަންފާއެއް ހޯދައި ދޭން ކަމަށް ބުނާ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، ދީބާޖާ އާއެކު ހެދި އެއްބަސްވުން އުވާލުމާއި ގުޅިގެން ލިބުނު ގެއްލުމުގެ ބަދަލު ދިނުމަށް ސިވިލް ކޯޓުން ކުރި ހުކުމް އިސްނިއުފާނުކޮށް ލަސްކުރީ، ގަސްތުގައި އެ ކުންފުންޏަށް ނާޖާއިޒު މަންފާއެއް ހޯދައި ދޭން ކަމަށް ބުނެ، އަމިއްލަ ފަރާތަކުން އެ މައްސަލަ އޭސީސީއަށް ހުށަހަޅާފައިވަނީ އޭރުގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަދި މިހާރު ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ދެކޮޅަށެވެ.

އޭސީސީއަށް އެމައްސަލަ ހުށަހަޅާފައވަނީ މިދިޔަ ޑިސެންބަރު މަހުގެ 24 ވަނަ ދުވަހުއެވެ. އަދި އޭސީސީއަށް ހުށަހަޅާފައިވާ މައްސަލާގައި ބުނެފައިވަނީ، އޭޖީ އޮފީހުން ދީބާޖާ މައްސަލަ އޭރު ކުރިއަށް ގެންދިޔައީ އުޝާމްގެ ސީދާ ބެލުމުގެ ދަށުން ކަމަށެވެ. އަދި އިސްތިއުނާފުގެ މުއްދަތު ހަމަވިއިރު، އެ މައްސަލަ ކޯޓަށް ހުށަނާޅާ އޮތީ ސީދާ އުޝާމްގެ އަންގައިގެން ކަމަށް އެ ސިޓީގައި ތުހުމަތުކޮށްފައިވެ އެވެ.

އެ މައްސަލަ ސުޕްރީމް ކޯޓުން ރިވިއު ކުރަމުންދާއިރު، އިސްތިއުނާފީ މައިގަނޑު ނުކުތާއެއްގެ ގޮތުގައިވެސް އިސްތިއުނާފުގެ މުއްދަތު ހަމަވިއިރު އިސްތިއުނާފު ނުކުރެވިފައިވަނީ ވަކީލުގެ އިހުމާލުންކަމަށް ބުނެފައިވީ ނަމަވެސް، އޭގެ ތަފްސީލެއް ދީފައިނުވާކަން ވަނީ ފާހަގަކޮށްފަ އެވެ.

މީގެ އިތުރުން އޭރު ބަންޑާރަނައިބުގެ އޮފީހުގައި މި މައްސަލައާ ހަވާލުވެހުރި ވަކީލު، އެކި ތަންތަނުގައި މި މައްސަލައާ ގުޅޭގޮތުން ދައްކާ ވާހަކާގައި، އޭނާ އެ މައްސަލަ އިސްތިއުނާފުނުކޮށް އޮތީ އަހުމަދު އުޝާމްގެ އަމުރަށް ކަމަށާއި، ދީބާޖާ ކުންފުނީގެ ފަރާތުން އަހުމަދު އުޝާމަށް މަންފާވެފައިވާކަމަށް ވާހަކަ ދައްކާފައިވާ ކަމަށް އޭސީސީއަށް ހުށަހެޅި މައްސަލާގައި ބުނެފައިވެ އެވެ.

ސިޓީގައި އެދިފައިވަނީ ގާނޫނުން ކަނޑައަޅާފައި މުއްދަތުގައި އިސްތިއުނާފުކޮށްފައި ނުވާތީ އުޝާމް ދީބާޖާއަށް ނާޖާއިޒު ހޯދައިދިނުމަށްކަމަށްވާތީ، އެ މައްސަލަ ތަހުގީގުކޮށް ދިނުމަށެވެ.

އޭސީސީން ބުނެފައިވަނީ އެ މައްސަލަ އެކޮމިޝަނަށް ލިބިފައިވަނީ ޑިސެންބަރު މަހުގެ 25 ވަނަ ދުވަހު ކަމަށެވެ. ނަމަވެސް އަދި ކުރިއަށްދަނީ އެ މައްސަލަ ދިރާސާ ކުރުމުގެ މައްސަލަ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރުމާމެދު އަދި ގޮތެއް ނިންމާފައިވާ ނުވާކަމަށް އޭސީސީ ބުނެއެވެ.

ދެހާސް ދިހަ ވަނަ އަހަރުގެ ތެރޭގައި ދީބާޖާ އިންވެސްޓްމެންޓް ކުންފުންޏަށް ނ، ރ، ބ އަދި ޅ އަތޮޅުގެ ދަތުރުފަތުރު ހިދުމަތް ދިނުމުގެ އެންމެހާ ކަންކަން އެއްބަސްވުމެއްގެ ދަށުން ހަވާލުކުރި އެވެ. ނަމަވެސް އެއްބަސްވުމުގެ ދަށުން އޭރުގެ ޓްރާންސްޕޯޓް މިނިސްޓްރީން ފުރިހަމަކޮށް ދޭން ޖެހޭ ކަންކަން ފުރިހަމަ ނުކޮށް 2013 ވަނަ އަހަރު އެއްބަސްވުން ވަނީ ބާތިލްކޮށްފަ އެވެ. އެއީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގަ އެވެ.

ސަރުކާރުން އެއްބަސްވުން ބާތިލްކުރީ ދީބާޖާ ކުންފުނިން އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް ބުނެ އެވެ. އެ އެއްބަސްވުމުގެ ދަށުން އެ ކުންފުންޏަށް ރިސޯޓް ތަރައްގީ ކުރުމަށާއި ފެރީ ޓާމިނަލްތައް ހެދުމަށް ބިން ދޫކުރަން އޮތީ ލާޒިމްކޮށްފަ އެވެ. ނަމަވެސް އެ ބިންތައް ވެސް އެ ކުންފުންޏަށް ދޫކޮށްފައެއް ނުވެ އެވެ.

އެއްބަސްވުން ބާތިލް ކުރުމުގެ ސަބަބުން ގެއްލުމުގެ ބަދަލު ހޯދަން ދީބާޖާ ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ނިންމީ އެ ކުންފުންޏާ އެއްކޮޅަށެވެ. އެއީ އެ ބިންތައް ހަވާލުނުކޮށް އޮތުމަކީ ދައުލަތުން އެއްބަސްވުމާ ހިލާފުވުން ކަމުގައި ކަނޑައެޅުމަށްފަހު އެވެ. އެހެންވެ ގެއްލުމުގެ ބަދަލު ދީބާޖާ ކުންފުންޏަށް ދޭން ސިވިލް ކޯޓުން ހުކުމްކުރި އެވެ. އެއީ 348.10 މިލިއަން ރުފިޔާ އެވެ. އޭގެފަހުން ހައިކޯޓުން އެ ހުކުމް ބާތިލްކުރި އެވެ.

އެއްބަސްވުމެއް އުވާލި މައްސަލާގައި ލިބުނު ގެއްލުމުގެ ގޮތުގައި ދީބާޖާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޑެޓަށް 348.10 މިލިއަން ރުފިޔާގެ ބަދަލުގައި 174 މިލިއަން ރުފިޔާ ދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ބަންޑާރަ ނައިބުގެ އޮފީހުން އެކުލަވާލި ސެޓެލްމެންޓް ކޮމިޓީން ނިންމުމަށްފަހު، މަޖިލީހުގެ ޕްރެޝަރުތަކާހުރެ ބަދަލު ދިނުމަށް ދައުލަތުގެ މައްޗަށް ކުރި ހުކުމް ރިވިއު ކުރުމަށް އޭޖީ އޮފީހުން ހުށަހަޅައި، އެ މައްސަލަ ސުޕްރީމް ކޯޓުން މިހާރު ދަނީ ބަލަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: