ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ ފަސް ސަރަހައްދެއްގައި ކުނި މެނޭޖްކުރުމަށް ވެމްކޯ އިން ތައްޔާރުވަނީ!

ފޮޓޯ: ވެމްކޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރަށްރަށުގައި އުފެދޭ ކުނި ނައްތާލުމަށް ރާއްޖޭގެ ފަސް ސަރަހައްދެއްގައި ކުނި މެނޭޖްކުރުމުގެ މަސައްކަތް ކުރުމަށް ވޭސްޓް މޭނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން ތައްޔާރު ވެއްޖެއެވެ.

ސަންގުޓީވީގައި ވާހަކަ ދައްކަވަމުން ވެމްކޯގެ ޗެއާމަން މުޙައްމަދު އިބްރާހިމް މަނިކު ވިދާޅުވީ އެތައް އަހަރުތަކެއް ވަންދެން ރާއްޖޭގެ އެކި ރަށްރަށުގައި ނައްތާނުލެވި ހުރި ކުނިތައް ނައްތާލުމާއި މެނޭޖްކުރުމުގެ މަސައްކަތް ކުރުމަށް ވެމްކޯ އިން ތައްޔާރުވަމުން އަންނަ ކަމަށެވެ.

މަނިކު ވިދާޅުވީ ކުނި ނައްތާލުމުގެ މަސައްކަތް ރާއްޖޭގެ ފަސް ސަރަހައްދެއްގައި ކުރަން ނިންމާފައިވާ ކަމަށާއި އެގޮތުން އެންމެ އުތުރުން ފެށިގެން ދެކުނު ރަށްތައް ހިމެނޭ ގޮތަށް ފަސް ސަރަހައްދެއް ކަނޑައަޅައި ހުރިހާކަމެއް ޕްލޭންކުރެވިފައިވާ ކަމަށެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަތުރުކޮށް ކުނި ނައްތާލަން ގެންދާނެ ތަންތަނާއި ރަށްތައްވެސް ކަނޑައެޅި، ވެމްކޯ އިން ވާންޖެހޭ ތައްޔާރީތައް ވެފައިވާ ކަމަށާއި މިވަގުތު އިންތިޒާރު ކުރަނީ އެންވަޔަރެމެންޓް މިނިސްޓްރީ ހުއްދަތައް ލިބެންދެން ކަމަށެވެ.

މަނިކު ވިދާޅުވީ ވެމްކޯގެ އަމާޒަކީ އަދި ވިސްނުމަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދިމާވަމުންދާ ކުނީގެ މައްސަލައަށް ހަލެއް ހޯދައިނުން ކަމަށާއި ވަކިން ޚާއްސަކޮށް އެތައް އަހަރެއް ވަންދެން ކުނީގެ އުނދަގޫ ކުރިމަތިވެފައިވާ ރަށްރަށަށް އެކަމުން އަރައިގަތުމުގެ ފުރުސަތު ހޯދައިދނުން ކަމަށެވެ.

ކުނީގެ މައްސަލަ ހައްލުކުރަން ފަށައިގަންނަ މަސައްކަތް ކުރިއަށް ގެންދާނީ ހުރިހާ ރަށެއްގެވެސް ކައުންސިލުތަކާއި ގުޅިގެން ކަމަށާއި އެގޮތުން ކޮންމެ ރަށަކުންވެސް ކުނި ނެގުމުގެ މަސައްކަތް ކުރާނީ އެ ރަށެއްގެ ކައުންސިލުގެ ބެލުމުގެ ދަށުން ކަމަށެވެ. އަދި އެހިސާބުން ވެމްކޯއިން އެ ކުނިތަކަށް ކަނޑައަޅާފައިވާ ވަކި ތަނަކަށް ގެންގޮސް އެކަން މެނޭޖް ކުރާނެ ކަމަށް މަނިކު ވިދާޅުވިއެވެ.

“ވެމްކޯ އިން މިހާރު ވަނީ ހުރިހާ ކަމެއް ޕްލޭންކޮށް ނިންމާފައި، އެހެންނަމަވެސް ދިމާވާ މައްސަލައަކީ އެންވަޔަރެމެންޓް މިނިސްޓްރީން އެ ޕްރޮޖެކްޓްތައް ހަވާލުކުރީމަ އަޅުގަނޑުމެންނަށް ފެށެން މިއަންނަނީ، އަޅުގަނޑުމެން މިތިބީ ތައްޔާރަށް މާދަން ހަވާލުކުރިއަސް ފަށާ ގޮތަށް” މަނިކު

މީގެ އިތުރުން މަނިކު ވިދާޅުވީ ކުނިން ގަސް ކާނާ އުފެއްދުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށުމަށްވެސް ކަނޑައަޅާފައިވާ ކަމަށެވެ. އަދި އެމަސައްކަތް ކުރުމަށް ނިންމާފައިވަނީ ދަނޑުވެރިކަން ކުރާ ރަށްރަށަށް ޚާއްސަކޮށްގެން ކަމަށެވެ.

މަނިކު ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުން ކުނިން ގަސް ކާނާ އުފެއްދުމުގެ މަސައްކަތް ކުރާނެ ރަށްތައް ކަނޑައަޅައި ކައުންސިލާއި ވާހަކަދައްކަވަމުން އަންނަ ކަމަށެވެ.

ގަސް ކާނާ އުފެއްދުމާއި ރާއްޖޭގެ ފަސް ސަރަހައްދެއްގެ ކުނި މެނޭޖްކުރުމުގެ މަސައްކަތަކީ 2020 ވަނަ އަހަރު ފަށަން މަސައްކަތްކުރި ކަމެއް ކަމަށާއި އެހެން ނަމަވެސް ކޮވިޑް-19 ގެ ސަބަބުން އެކަންކުރެވޭނެ ގޮތް ނުވީ ކަމަށެވެ.

މާލޭގައި ކުނި މެނޭޖްކުރުމުގެ ކަންކަން ހިނގާ ގޮތަށް އިޝާރާތް ކުރައްވާ މަނިކު ވިދާޅުވީ ވެމްކޯ އިން ކުނި އުކަން ރަޖިސްޓްރީ ކޮށްފައިވާ ގޭބިސީތަކުގެ ތެރެއިން 30 ޕަސަންޓު ގެތަކުން މަހު ފީ ނުދައްކާ ކަމަށެވެ.

 

މަނިކު ވިދާޅުވީ ގޭ ބިސީތަކުން ފައިސާ ނުދެއްކުމުގެ މައްސަލަ އަކީ ވެމްކޯ އުފެއްދީއްސުރެ ދިމާވަމުން އަންނަ މައްސަލައެއް ކަމަށާއި ކޮވިޑް-19ގެ ސަބަބުން ފީ ނުދައްކާ މައްސަލަ ވަކިން ބޮޑުވެފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: