ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓްރަމްޕް ބަލި ގަބޫލުކުރައްވަން ޖެހޭ: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމެރިކާގެ ރިޔާސީ އިންތިހާބުން ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު އެގައުމުގެ މިހާރުގެ ރައީސް ބަލި ގަބޫލުކުރައްވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

ނަޝީދު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 2013 ވަނަ އަހަރު ރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު އެމަނިކުފާނު ކާމިޔާބު ކުރެއްވި ނަމަވެސް ސުޕްރީމް ކޯޓުން އެ ބުރުގެ ނަތީޖާ ބާތިލުކޮށް އެމަނިކުފާނު ބަލިކުރެވެން އޮތް ހުރިހާ ކަމެއް ކުރެއްވި ކަމަށެވެ.

އެ ހުރިހާ ކަމެއް ކުރެއްވި ނަމަވެސް ގައުމުގެ ހަމަޖެހުމަށްޓަކާ ބަލި ގަބޫލުކުރެއްވި ކަމަށާއި އެމެރިކާގެ އިންތިހާބު އެއާ ހިލާފަށް ދިޔައީ އަމާންކަމާއެކު ކަމަށް ނަޝިދު ވިދާޅުވިއެވެ.

“ޓްރަމްޕް ބަލި ގަބޫލުކުރައްވަން ޖެހޭ.” ނަޝީދު ވިދާޅުވިއެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ރަސްމީކޮށް ބަލައިގަތުމުގެ ޖަލްސާއާ ދިމާކޮށް ކޮންގެރެސް އިމާރާތައް ޓްރަންޕުގެ ސަޕޯޓަރުން ވަދެ ވަނީ ހަމަނުޖެހުން ހިންގާފައެވެ. މި ހަމަނުޖެހުންތަކުގައި 4 މީހުން މަރުވެ ކޮންގްރެސްގެ އިމާރާތާއި ތަކެއްޗަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އަދި މި ހަމަނުޖެހުމާއި އެކު އިއްޔެ އަކީ އެމެރިކާގެ ޑިމޮކްރަސީގައި ކަޅު ދުވަހެއްގެ ގޮތުގައި ގިނަ ބަޔަކު ވަނީ ފާހަގަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: