ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެއްވަދޫން އިތުރު 8 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ގއ. ދެއްވަދުއިން އިތުރު އަށް މީހަކު ކޮވިޑް-19 ޕޮޒިޓިވް ވެއްޖެއެވެ.

ދެއްވަދޫ ކައުންސިލްއާ ހާވާލާދީ “ސަން”އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި މީގެ ދެ ދުވަސް ކުރިން ފޮނުވި ސާމްޕަލްތަކެއްގެ ނަތީޖާ ލިބުނު އިރު އޭގެ ތެރެއިން އަށް މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

ކައުންސިލުން ވަނީ ފައްސިވި މީހުންގެ ތެރޭގައި 18 އަހަރުން ދަށުގެ ކުއްޖަކާއި އުމުރުން ދުަވަސްވީ މީހަކުވެސް ހިމެނޭ ކަމަށް ބުނެފައެވެ.

އެއާއެކު އެރަށުން ބައްޔަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 18 އަށް އަރައިފަ އެވެ.

ދެއްވަދޫގައި ކޮވިޑު-19 ފެތުރިފައިވަނީ ކަރަންޓީނުގައި ތިބި މީހުންނަށް ނުބައި މައުލޫމާތެއް ދެވިގެން ކަމަށް އެޗްއީއޯސީން ބުނެއެވެ.

އެޗްޕީއޭ އިން ބުނީ ދެއްވަދޫއިން މިމުއްދަތުގައި ގޮސްފައިވާ ފަރާތެއްވާނަމަ، ސާމްޕަލްނަގާ ނެގެޓިވް ނަތީޖާ ލިބެންދެން، ކަރަންޓީނުގައި ތިބުމަށް އެދޭ ކަމަށެވެ.

30 ނޮވެމްބަރ އަށް ފަހު ގއ. ދެއްވަދޫއިން މާލެއަށް އައިސްފައިވާ ފަރާތްތަކުން މާލެ ހިޔާ ފްލޫ ކްލިނިކް، ހުޅުމާލޭ ފުލޫ ކްލިނިކް، އަދި ވިލިމާލޭ ފްލޫ ކްލިނިކަށް ގޮސް ސާމްޕަލް ނެގުމަށާއި އަދި ނެގެޓިވް ނަތީޖާ ލިބެންދެން، ކަރަންޓީނުގައި ތިބުމަށް ވެސް އެޗްޕީއޭ އިން ވަނީ އެދިފައެވެ. މާލޭގެ ސާމްޕަލް ނަގާ ތަންތަން މިރޭ 12 ޖަހަންދެން ހުޅުވާފައި ހުންނާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: