ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައިޖީއެމްއެޗްގެ ބައެއްވެރިން ވަކި ބަޔަކަށް މަންފާވާ ގޮތަށް ކަންތައްކުރާ މައްސަލައެއް އޭސީސީއަށް!

ފޮޓޯ: ވަން އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ ލެބޯޓްރީއަށް ބޭނުންވާ ބޭނުންވާ މެޝިނަރީސްތަކާއި، ކޮންސިއުމަބަލްސް ފޯރުކޮށްދިނުމަށް އެ ހޮސްޕިޓަލުން ވެފައިވާ އެއްބަސްވުންތަކާއި ޚިލާފުވެ، ހޮސްޕިޓަލުގެ އިސްވެރިން މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދޭން މަސައްކަތްކުރާ މައްސަލައެއް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އަނެއްކާވެސް ހުށަހަޅައިފިއެވެ.

އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ ލެބޯޓްރީއަށް ބޭނުންވާ ބައެއް މެޝިނަރީސްތަކާއި ކޮންސިއުމަބަލްސް ފޯރުކޮށްދިނުމަށް އެ ހޮސްޕިޓަލުން ވެފައިވާ އެއްބަސްވުންތަކާއި ޚިލާފުވެ، ހޮސްޕިޓަލުގެ އިސްވެރިން މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދޭން މަސައްކަތްކޮށްފައިވާ ކަމަށް ބުނާ މައްސަލައެއް މީގެ ކުރިންވެސް އޭސީސީ ބެލުމަށްފަހު އެކަންކަން އިސްލާހު ކުރުމަށް އަންގާފައިވެއެވެ.

އެގޮތުން 2019 ވަނަ އަހަރު އެފަދަ މައްސަލައެއް ހުށަހެޅުމުން ގިނަ ކަންތައްތަކެއް ފާހަގަކޮށް އެކޮމިޝަނުން އެ މައްސަލަބަލައި ނިންމުމަށްފަހު، ކޮމިޝަނަށް ފާހަގަކުރެވުނު ކަންކަން އިސްލާހުކުރަން އަންގިއެވެ.

އޭސީސީއަށް ހުށަހަޅާފައިވާ މައްސަލައިގައި ބުނެފައިވަނީ އައިޖީއެމްއެޗް އިން ކަންކަން ކުރަމުން ގެންދަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި ޚިލާފަށްކަށް ކޮމިޝަނުގެ ތަޙުޤީޤަށް އެނގި ސާބިތުވި ނަމަވެސް އެކަން އިޞްލާޙު ކުރުމަށް އެންގުން ފިޔަވައި، އިތުރު ފިޔަވަޅުތަކެއް ނާޅައި، އެކަމަށް ކޮމިޝަނުން އިހުމާލުވުމުގެ ނަތީޖާއަކީ މިހާރުވެސް އެ ހޮސްޕިޓަލުގެ ބައެއް އިސްވެރިން މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދޭން މަސައްކަތްކުރަމުން ގެންދިއުން ކަމަށެވެ.

އައިޖީއެމް ހޮސްޕިޓަލުގެ ލެބޯޓްރީއަށް ބޭނުންވާ މެޝިނަރީސްތަކާއި، ކޮންސިއުމަބަލްސް ފޯރުކޮށްދިނުމަށް އެ ހޮސްޕިޓަލުން އަމަލުކުރަމުންދަނީ އެއްބަސްވުމާއި އަދި އޭގެ ފަހުން ދެފަރާތް ދެމެދު ލިޔެކިޔުމުން ކުރެވިފައިވާ މުޢާމަލާތުތަކަށް އިޙްތިރާމް ކުރުމެއްނެތި، ވަކި ބަޔަކަށް ނާޖާއިޒް މަންފާތަކެއް ލިބިދެވޭނެ ގޮތުގެ މަތީން ދައުލަތުގެ މާލިއްޔަތުގެ ގަވާޢިދާއި، ޢާއްމު އުޞޫލުތަކާ ޚިލާފަށްކަމަށް އޭސީސީއަށް ހުށަހެޅި މައްސަލައިގައި ބުނެފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އައިޖީއެމްއެޗްގެ ލެބޯޓަރީއަށް ބޭނުންވާ ސާމާނު އެސްޓީއޯ މެދުވެރިކޮށް މީގެ ކުރިން ފޯރުކޮށްދެމުން އައީ މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި، މެޑިކުއިޕް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ފަދަ ކުންފުނިތަކުން އެ ހޮސްޕިޓަލްގައި ހިލޭ ބަހައްޓާފައިވާ މެޝިންތަކެއް ބޭނުންކޮށްގެންނެވެ. މި ކުންފުނިތަކުން ހިލޭ މެޝިން ބަހައްޓަމުން އައިސްފައިވަނީ އެ މެޝިންތަކަށް ބޭނުންވާ ރީއެޖެންޓްސް އެ ކުންފުނިތަކުން ގަތުމަށް ޝަރުތުކޮށް ކުންފުންޏާއި އައިޖީއެމްއެޗާއި ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.

މީގެ އިތުރުން، 2017 ވަނަ އަހަރުގެ ތެރޭގައި ޓޯޓަލް ލެބޯރޓްރީ އޮޓޮމޭޝަންއަށް ބަދަލުކުރި ފަހުން، ހޮސްޕިޓަލުގެ ޚިދުމަތަށް އެއްވެސް ބުރުލެއް އެރިޔަނުދީ، މެދުކެނޑުމެއްނެތި ބަރާބަރަށް މެޑިކުއިޕް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ޚިދުމަތް ފޯރުކޮށްދެމުން އަންނަނިކޮށް، އެ އެއްބަސްވުމާ ޚިލާފަށް އަދި މެޝިނަށް އެއްވެސް މިންވަރެއްގެ މައްސަލައެއް ދިމާނުވެ މެޝިން ބަރާބަރަށް ރަނގަޅަށް ހުއްޓާ އެ ހުރިތަނުން ނެރެ ގުދަނަކަށް ވެއްދި މައްސަލައެއް ވަނީ ފެންމަތިވެފައެވެ.

ގާތް ގަނޑަކަށް 15 މިލިޔަން ރުފިޔާގެ އެ މެޝިން ނެރެ އެތަނަށް އެހެން މެޝިނެއް ވައްދާފައިވަނީ 32 މިލިޔަން ރުފިޔާ އައިޖީއެމްއެޗް އިން ޚަރަދުކޮށް، އެ ވިޔަފާރީގައި އަމިއްލަ ކުންފުންޏަކާއި، އެ ހޮސްޕިޓަލްގެ ބައެއް އިސް ފަރާތްތަކަށް އެކަމުން ނުޙައްޤު މަންފާ ލިބެނިވި ގޮތުގެ މަތީން ކަމަށާއި އެހެންވެ 15 މިލިޔަން ރުފިޔާއަށް ލިބޭ މެޝިނެއް 32 މިލިޔަން ރުފިޔާއަށް ގަންނަންޖެހުނު ސަބަބާއި، މެޝިނުގެ ހަމައަގަށްވުރެ އިތުރުވާ 17 މިލިޔަން ރުފިޔާއަށް ވީގޮތެއް އޭސީސީ ތަހުގީގުކޮށްދިނުމަށް އެކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައިގައިވެއެވެ.

މީގެ ކުރިން 2019 ވަނަ އަހަރު އެސީސީން ބެލި މައްސަލައިގައި ފާހަގަކޮށްފައިވާ ގޮތުގައި ކޮމިޝަނުގެ ތަހުޤީޤަށް ހޯދުނު މަޢުލޫމާތަށް ބަލާއިރު 2010 ވަނަ އަހަރުން ފެށިގެން އައިޖީއެމްއެޗްގެ ލެބޯރޓްރީއަށް ބޭނުންވާ ރީއެޖެންޓްސްއާއި އެހެނިހެން ކޮންޒިއުމަބަލްސް ގަންނަމުން އައީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ (އެސް.ޓީ.އޯ) މެދުވެރިކޮށް ކޮންމެ އަހަރަކުވެސް 2 ފަހަރު، ކޮންމެ ފަހަރަކު 6 މަސްދުވަހުގެ ސަޕްލައިސް ކަމަށެވެ.

އައިޖީއެމްއެޗްގެ ލެބޯރޓްރީ ފުލީ އޮޓޮމޭޓެޑް ސިސްޓަމަކަށް ބަދަލުކުރުމަށްފަހު އޭރު ލެބޯރޓްރީގައި ބޭނުންކުރާ ވިޓްރޯސް ބްރޭންޑްގެ މެޝިންތަކަށް (މެޑިކުއިޕް މޯލްޑިވްސް އިން އިންސްޓޯލްކޮށްފައިވާ މެޝިންތައް) 2017 ވަނަ އަހަރު 2 އޯޑަރ އެއްގެ ދަށުން ގަނެފައިވާ ކޮންސިއުމަބްލްސް ގޮތުގައި ބޮޑު ސްޓޮކެއް އެސް.ޓީ.އޯގެ މެޑިކަލް ސްޓޮކްގައި ހުރިއިރު، އެއީ އައިޖީއެމްއެޗްގެ އޯޑަރުން ގަނެ އެކްސްޕަޔަރީ ކޮންފަރމްކޮށްފައިވާ މެޑިކަލް ކޮންޒިއުމަބަލްސް ކަމާއި އޭތެރެއިން ބޭނުން ނުކުރެވި 172 ބާވަތެއްގެ 1607 އައިޓަމް ހުރިކަން އެސް.ޓީ.އޯއިން ފާހަގަކޮށްފައިވާ ކަމަށް އޭސީސީގެ ރިޕޯޓުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، 2017 ވަނަ އަހަރުގެ ތެރޭގައި ޓޯޓަލް ލެބޯރޓްރީ އޮޓޮމޭޝަންއަށް ބަދަލުކުރިފަހުން އެ ލެބަށް ގަނެފައިވާ ގިނަ އަދަދެއްގެ ރީއެޖެންޓްތައް އެކްސްޕަޔަރވެފައިވާކަމަށް ބަޔާންކޮށް 07 ނޮވެންބަރު 2018 ގައި އެސް.ޓީ.އޯއިން އައިޖީއެމްއެޗަށް އަންގާފައިވާ ކަމަށާއި އެގޮތުން ޓޯޓަލް ލެބޯޓަރީ އޮޓޮމޭޝަން އަދި އެބޮޓް މެޝިންތަކަށް (މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މެޝިންތައް) ބޭނުންކުރުމަށް ގަނެފައިވާ ރީއެޖެންޓްތަކަކީ އައިޖީއެމްއެޗް އިން އެކްސްޕަޔަރީ ކޮންފަރމް ކޮށްފައިވާތަކެތިކަމާއި އެ ރީއެޖެންޓްތަކުގެ ތެރެއިން ގިނަ އަދަދެއްގެ ތަކެތި އެކްސްޕަޔަރވެފައިވާ ކަމަށާއި އޭގެ ތެރެއިން ބައެއް ރީއެޖެންޓްތައް އެއްވެސް ވަރަކަށް ބޭނުންނުކޮށް އެކްސްޕަޔަރވެފައިވާކަންވެސް ފާހަގަކޮށްފައިވެއެވެ.

އައިޖީއެމްއެޗްގެ ލެބޯރޓްރީ ފުލީ އޮޓޮމޭޓެޑް ސިސްޓަމަކަށް ބަދަލުކުރުމަުގެ ރަސްމިއްޔާތުގައި ކުރީގެ ރައީސް ޔާމީން އަދި އައިޖީއެމްއެޗާއި މެޑްޓެކްގެ ބައެއް އިސްވެރިން

މީގެ އިތުރުން 2017 ވަނަ އަހަރު ޓޯޓަލް ލެބޯރޓްރީ އޮޓޮމޭޝަން ސިސްޓަމެއް މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޙަވާލުކޮށްގެން ޤާއިމްކޮށްފައިވަނީ ފިނޭންސް މިނިސްޓްރީއާއި ރައީސް އޮފީހުގެ ޚާއްޞަ ހުއްދައެއްގެ ދަށުން ތިރީސް އެއް މިލިއަން ތިންސަތޭކަ އަށާރަ ހާސް އެއްސަތޭކަ އަށްޑިހަ ހަ ރުފިޔާ އަށް ކަމުގައިވާއިރު، އެ ހުއްދައަކީ ސަޕްލައި އެންޑް އިންސްޓޯލޭޝަން ޕްރޮޕޯސަލަކަށް ދީފައިވާ ހުއްދައެއްކަމަށްވީނަމަވެސް، މި މަސައްކަތް ކުރުމަށް އައިޖީއެމްއެޗާއި މެޑްޓެކާއި ދެމެދު ވެފައިވާ އެގްރީމަންޓަށް ރިޢާޔަތްކުރާއިރު، އެގްރީމަންޓެއް ހެދިއިރުވެސް އެ ހޮސްޕިޓަލްގެ މަޤްޞަދަކީ މި މެޝިންތަކަށް ބޭނުންވާރީއްޖެންޓް އަދި ކޮންސިއުމަބްލްސް މެޑްޓެކުން ދާއިމީގޮތެއްގައި ހޯދުންކަމަށް ބެލެވޭއިރު މިފަދަ މެޝިނަރީތަކަކީ ވަކި ބަޔަކަށް އެފަދަ މެޝިންތަކަށް ބޭނުންވާ ރީއޭޖެންޓް އަދި އެހެނިހެން ކޮންސިއުމަބްލްސްގެ އެކްސްކުލޫސިވް ރައިޓް ދީފައި ހުންނަ މެޝިންތަކެއްކަމަށްވެފައި މިފަދަ މަސައްކަތެއް ޙަވާލުކުރުމަށް ފަރާތެއް ކަނޑައަޅާއިރު ހަމައެކަނި ސަޕްލައި އެންޑް އިންސްޓޯލޭޝަން އަގަށް ރިޢާޔަތްކޮށް ގޮތެއް ނިންމުމަކީ ރަނގަޅުގޮތެއް ނޫންކަމަށް އޭސީސީން ފާހަގަކޮށްފައިވެއެވެ.

އައިޖީއެމްއެޗްގެ ލެބޯރޓްރީއަށް ބޭނުންވާ ރީއޭޖެންޓް އަދި ކޮންސިއުމަބްލްސް ގަތުމަށް އެސް،ޓީ.އޯއަށް ކޮންމެ 06 މަހަކުން އެއްފަހަރު ރިކުއެސްޓް ފޮނުވާއިރު، މީގެ ތެރެއިން އެސް.ޓީ.އޯ މެދުވެރިކޮށް ހަމައެކަނި މެޑްޓެކުން އައިޖީއެމްއެޗަށް ގަންނަ ތަކެއްޗަށް ބަލާއިރު، 2017 ވަނަ އަހަރުގެ ފަހު 06 މަހުގައި މެޑްޓެކުން ގަނެފައިވާ ރީއޭޖެންޓާއި ކޮންސިއުމަބްލްސްގެ އަގު 45.8 މިލިއަން ދިވެހި ރުފިޔާ އަށް އަރާކަން ފާހަގަކުރެވިފައިވާ ކަމަށް އޭސީސީގެ ރިޕޯޓުގައިވެއެވެ.

އޭސީސީގެ ރިޕޯޓުގައިވާ ގޮތުން އެތަކެތި ގަތުމަށް އައިޖީއެމްއެޗްގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓުން ތައްޔާރުކުރާ ޕަރޗޭސް އޯޑަރ ފޯމް ތައްޔާރުކުރަނީ އެ ތަކެތި އެ ހޮސްޕިޓަލްގެ ސްޓޯރއަށް ބަލައިގަތުމަށްފަހުގައި ކަމަށް ހޮސްޕިޓަލްގެ ޕްރޮކިއުމަންޓުން މަޢުލޫމާތުދީފައިވާ ކަމަށާއި އެހެންވ ޕަރޗެސް އޯޑަރ ތައްޔާރުކުރުމުގެ ކުރިންވެސް އެ ހޮސްޕިޓަލަށް މުދާ ލިބިފައި ހުންނާނެކަން ފާހަގަކުރޭ ކަމަށެވެ. އަދި މިފަދަ ތަކެތި ގަތުމަށް ޕަރޗޭސް އޯޑަރ ތިޔަ ހޮސްޕިޓަލްގެ ޕްރޮކިއުމަންޓުން އެޕްރޫވްކުރާއިރު ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް އެ ހޮސްޕިޓަލުން ނުދާކަންވެސް އޭސީސީން 2019 ވަނަ އަހަރު ބެލި މައްސަލައިގައި ފާހަގަކޮށްފައިވެއެވެ. އަދި އެކަންކުރަނީ އެއްބަސްވުމެއްވެސް ހެނދުމަކާއި ނުލާކަންވެސް ވަނީ ފާހަގަކޮށްފައެވެ.

ލެބޯރޓްރީ ޓޯޓަލް އޮޓޮމޭޝަނަކަށް ދިއުމުގެ ކުރިން ކުންފުނިތަކުން ހިލޭ މެޝިންތައް ބަހައްޓައިގެން ވަކި އެގްރީމެންޓެއްގެ ދަށުން އެސްޓީއޯ މެދުވެރިކޮށް ތިޔަ ހޮސްޕިޓަލަށް ރީއެޖެންޓާއި ކޮންސިއުމަބްލްސް ސަޕްލައިކުރަމުން ދިޔައިރު އެ އެގްރީމެންޓްތަކުގައި 5 އަހަރު ދުވަހުގެ މުއްދަތަކަށް އަގު ފިކްސް ކޮށްފައިވީނަމަވެސް، ސަޕްލަޔަރާ އެކު ޕްރައިސިންގ އެރޭންޖްމެންޓެއް ހަދާފައި ނުވާތީ އެފަދަ ރީއެޖެންޓްތައް ސަޕްލައިކޮށްދޭ ކުންފުނިން ބޭނުން އަގަކަށް އެތަކެތި އެސް.ޓީ.އޯ އަށް ވިއްކުމުގެ ފުރުސަތު އޮންނާނެތީ، މިކަމުގެ ސަބަބުން ދިވެހި ދައުލަތަށް ބޮޑު ގެއްލުމެއް ލިބުމުގެ އިޙްތިމާލު އޮތްކަން އޭސީސީ ފާހަގަކޮށްފައިވެއެވެ. އަދި އެކަންކަން އިސްލާހު ކުރުމަށް އައިޖީއެމްއެޗަށް އަންގާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: