ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެއްވަދޫ ކްލަސްޓާއިން ޕޮޒިޓިވްވީ މީހުންގެ އަދަދު 22 އަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

ގއ. ދެއްވަދޫއިން ކޮވިޑު-19 އަށް ޕޮޒިޓިވްވީ މީހުންނާއި ގުޅޭ ކްލަސްޓާއިން ޕޮޒިޓިވްވީ މީހުންގެ އަދަދު 22 އަށް އަރައިފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެޑް އޮފް ކޮންޓެކްޓު ޓްރޭސިން ކްލަސްޓަރ އިބްރާހިމް ނިޒާމް ވިދާޅުވީ ދެއްވަދޫން ޕޮޒިޓިވްވީ މީހުންނާ ގުޅޭ ޕޮޒިޓިވް ކޭސްތަކެއް ދެއްވަދޫގެ އިތުރުން ހުޅުމާލެ އާއި ލ. ފޮނަދޫއިން ފެނިފައިވާ ކަމަށެވެ.

ނިޒާމް ވިދާޅުވީ މި ކްލަސްޓަރ އާއި ގުޅުން ހުރި ދެ ފަރާތެއް ހުޅުމާލެއިން ފެނިފައިވާ އިރު 4 މީހަކު ލ. ފޮނަދޫއިން ފެނިފައިވާ ކަމަށެވެ. އަދި މި މީހުންގެ ކޮންޓެކްޓު ޓްރޭސިން ހަދަމުން އަންނަ ކަމަށެވެ.

ދެއްވަދޫން ޕޮޒިޓިވްވީ ފަރާތްތަކާއި ކޮންޓެކްޓު ވެފައިވާ 149 މީހަކު ދެނެގަނެވިފައިވާ އިރު ލ. ފޮނަދޫން ޕޮޒިޓިވްވީ 4 މީހުންނާއި ބައްދަލުވި 56 ފަރާތެއް ދެނެގަނެވިފައިވާ ކަމަށް ނިޒާމް ވިދާޅުވިއެވެ.

ނިޒާމް ވިދާޅުވީ މިވަގުތު ދެއްވަދޫގައި ބަލި ޖެހިފައިވާ 18 މީހުން އެބަތިބިކަމަށެވެ. އެމީހުންގެ ތެރެއިން 8 މީހަކީ ރަށު ތެރެއިން ނެގި ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވްވީ މީހުންނެވެ. މި ކްލަސްޓަރ އާއި ގުޅުން ހުރި މީހުންގެ ޓެސްޓުތައް ހަދަމުން އަންނަ އިރު ލ. ފޮނަދޫން އިއްޔެ ހެދި ޓެސްޓު ތަކުގެ ތެރެއިން 14 މީހެއްގެ ނަތީޖާ ވަނީ ނެގެޓިވްވެފައެވެ.

ދެއްވަދޫގައި ބަލި ފެތުރެން ފެށީ ރަށުގެ ސިއްހީ މަރުކަޒުން ކަރަންޓީނުގައި ތިބި ބަޔަކަށް ނުބައި މައުލޫމާތެއް ދެވިގެން އެމީހުން ކަރަންޓީނުން ބޭރުވުމާއި ގުޅިގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: