ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ ކެންޑިޑޭޓުންނާއެކު އައްޑޫ މުޅި ދުނިޔެއަށް ހުޅުވޭނެ: ނަޝީދު

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު އައްޑޫ ސިޓީ މުޅީ ދުނިޔެއަށް ހުޅުވިގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވެފައިމިވަނީ އައްޑޫ ސިޓީގެ މޭޔަރަކަށް އިންތިހާބުވެއްޖެނަމަ މިހާރު އިމާރާތް ކުރަމުންދާ ޕޮލިސް އެކެޑެމީ ހޮޓަލަކަށް ބަދަލުކުރައްވާނެ ކަމަށް އައްޑޫގެ މޭޔަރު ކަމަށް އިދިކޮޅު ޕީޕީއެމްގެ ފަރާތުން ވާދަކުރާ މުހައްމަދު ލަތީފު ވިދާޅުވުމާ ގުޅިގެންނެވެ.

އެގޮތުން ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އައްޑޫ ޕޮލިސް އެކެޑެމީ އިމާރާތް ކޮށްފައިވަނީ ބިން ބޭނުން ކުރުމުގައި ނުވިސްނާ ކަމަށާއި މިހާރު އެތަނަކީ މަތީ ތައުލީމުގެ އިންސްޓިޓިއުޓެއް ކަމަށެވެ. އަދި ޕީޕީއެމްގެ ޒައާމަތުގައި އައްޑޫގައި މަތީ ތައުލީމަށް ފުރުސަތު ނެތީތޯ ނަޝީދު ސުވާލުކުރެއްވިއެވެ.

“އެމްޑީޕީ މޭޔަރު ކެންޑިޑޭޓާއި ކައުންސިލު ކެންޑިޑޭޓުންނާއެކު އައްޑޫ ސިޓީ ދާނީ މުޅި ދުނިޔެއަށް ހުޅުވިގެން” ނަޝީދު ވިދާޅުވިއެވެ.

ރޭ “ޗެނަލް 13” ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަމުން ލަތީފް ވިދާޅުވީ އިންޑިއާގެ އެހީގައި އައްޑޫގައި ބޮޑު ޓްރޭނިން ސްކޫލެއް އަޅަމުންދާއިރު އިންޑިއާގެ ނޫސްތަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ އިންޑިއާގެ ނޭވީ ބޭސްއެއް ކަމަށެވެ. އަދި އެކަމާ ގުޅޭގޮތުން ވަރަށް ގިނަ ރައްޔިތުން ސުވާލު ކުރަމުންދާ ކަމަށާއި ނަމަވެސް އެ ސުވާލަށް އައްޑޫ ކައުންސިލުން ވެސް، ފޮރިން މިނިސްޓްރީ އަދި އިންޑިއާގެ އެމްބަސީން ވެސް ޖަވާބެއް ދީފައި ނުވާ ކަމަށް ލަތީފް ވިދާޅުވިއެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: