ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުރު ކުރަމުން ދަނީ އިއްޔެގެ ފޮޓޯއެއް ނޫން: ޝަމާއު

ޝެއާރކޮށްލާ ކަހަލަދޯ؟

ކަނބާއައިސާ ރަނި ހިނގުމުގައި ފެންބޮޑުވެފައި ވަނިކޮށް ނަގާފައިވާ ފޮޓޯ އަކީ އިއްޔެގެ ފޮޓޯއެއް ނޫން ކަމަށް މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަމާއު މިހެން ވިދާޅުވެފައިމިވަނީ މާލެ ސިޓީ ކައުންސިލާއި ރޯޑް ކޯޕަރޭޝަން ގުޅިގެން ހިންގާ މާލެ މަގުތައް ހެދުމުގެ މަޝްރޫޢުގެ ދަށުން ކަނބާއައިސާ ރަނި ހިނގުމުގައި ހިންގި މަޝްރޫޢުގެ ސަބަބުން އެ މަގުގައި ދެން ފެންބޮޑުނުވާނެ ކަމުގައި ބުނެފައިވަނިކޮށް އެ މަގުގައި ފެންބޮޑުވެފައިވާ ފޮޓޯއެއް ސޯސަލް މީޑިއާގައި ދައުރުވާން ފެށުމާ ގުޅިގެންނެވެ.

އެގޮތުން ޝަމާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިއްޔެގެ އެއްވެސް ވަގުތެއްގައި ދަނޑާ އިންވެގެން އޮތް ޕާކިން އޭރިއާ ހުސްކޮށް އޮއްވާ ނުފެނޭ ކަމަށެވެ.

“ތިޔަ ފޮޓޯގައި ހަމަ އެންމެ ސައިކަލެއް ވެސް ނެތް. ތީކީ އިއްޔެގެ ފޮޓޯއެއް ނޫން.” ޝަމާއު ވިދާޅުވިއެވެ.

ކަނބާ އައިސަރަނި ހިނގުމުގައި މިއަދު ފެންބޮޑުވެފައިވާ މަންޒަރު ފެންނަ ފޮޓޯތަކާއިއެކު އިދިކޮޅު އެކްޓިވިސްޓުން މިހާރު އަންނަނީ ސަރުކާރަށާއި މާލޭ ސިޓީ ކައުންސިލަށް ފާޑުކިޔަމުންނެވެ. ނަމަވެސް ސަރުކާރަށް ނިސްބަތްވާ ފަރާތަކުން އަންނަނީ އެ ފޮޓޯ އަކީ އެޑިޓެއް ކަމަށް ބުނަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: