ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕޮޒިޓިވް ކޭސްތަކެއް ފެނި ދާންދޫ އާއި ވިލިނގިލި މޮނިޓަރިންއަށް

ފޮޓޯ: މީސް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑްގެ ކޭސްތަކެއް ފެނިގެން ގއ. ވިލިނގިއްޔާއި ގއ. ދާންދޫ މޮނިޓަރިންއަށް ލައިފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު(އެޗްއީއޯސީ)ން ބުނީ ގއ. ވިލިނގިއްޔާއި ގއ. ދާންދޫ މޮނިޓަރިން އަށް ލާފައިވަނީ ގއ.ދެއްވަދޫގެ ކްލަސްޓައާ ގުޅޭ ކޭސްތަކެއް ފެނިގެންކަމަށެވެ.

މިގޮތުން މިހާތަނަށް ދާންދޫއިން 2 މީހަކު ޕޮޒިޓިވްވެފައިވާއިރު ވިލިނގިލިން އެކަކު ޕޮޒިޓިވްވެފައިވާކަމަށް އެޗްއީއޯސީން ބުނެއެވެ.

އަލަށް ކޭސްތައް ފެނުނު ރަށްތަކުގައިވެސް ކޮންޓެކްޓް ޓްރޭސިންގ ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް އެޗްއީއޯސީން ބުނެއެވެ.

ދެއްވަދޫ ކްލަސްޓާއާ ގުޅުންހުރި ކޭސްތަކެއް ހުޅުމާލެއާއި، ލ. ގަމާއި ފޮނަދޫންވެސް ފެނިފައިވާއިރު، ގަމާއި ފޮނަދޫވެސް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: