ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ފޭސް އަލިގަދަ ތަރި” ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ފިޔޯރީ، ރަތަފަންދޫ އަދި ފަރެސްމާތޮޑާގެ ކުދިންނަށް!

ކުރިން ބޭއްވި "ފޭސް އަލި ގަދަ ތަރި" ގުރުއާން މުބާރާތުގެ ތެރެއިން: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ފިޔޯރީ އެސޯސިއޭޝަން ފޮރ ކޮމިއުނިޓީ އެމްޕަވަރމަންޓް (ފޭސް) ޖަމިއްޔާއިން ފިޔޯރީގައި ބާއްވަމުން އަންނަ “ފޭސް އަލިގަދަ ތަރި ޤުރްއާން މުބާރާތް” ގައި ބައިވެރިވުމުގެ ފުރުސަތު، ފިޔޯރީ، ރަތަފަންދޫ އަދި ފަރެސްމާތޮޑާގެ ދަރިވަރުންނަށް ހުޅުވާލައިފިއެވެ.

ކުޑަކުދިންގެ ހިތްތަކުގައި ކީރިތި ޤުރްއާނަށް ލޯބި ޖައްސައި، ޤުރްއާން ކިޔެވުމުގެ ފަންނު ދިރުވައި އާލާކޮށް ފެތުރުމުގެ މަޤްސަދުގައި، އެ ޖަމްއިއްޔާއިން ކޮންމެ އަހަރަކު ފިޔޯރީގައި ބާއްވަމުން އަންނަ “ފޭސް އަލިގަދަ ތަރި ޤުރްއާން މުބާރާތް” މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ މާރިޗް މަހުގެ 05 ވަނަ ދުވަހުން ފެށިގެން މާރިޗް މަހުގެ 08 ވަނަ ދުވަހާ ހަމައަށް ގދ. ފިޔޯރީގައެވެ.

ފަރެސްމާތޮޑާ ދާއިރާގެ ފިޔޯރީ، ރަތަފަންދޫ އަދި ފަރެސްމާތޮޑާގެ އުމުރުން 06 އަހަރާއި 16 އަހަރާއި ދެމެދުގެ ދަރިވަރުންނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ މި މުބާރާތުގެ މުޅި މުބާރާތުން ވަނަވަނަ އަށް ހޮވޭ ދަރިވަރުންނަށް ފައިސާގެ އިނާމް ދިނުމަށް ހަމަޖެހިފައިވެއެވެ. މިގޮތުން މުބާރާތުން 1 ވަނަ އަށް ހޮވޭ ކުއްޖަކަށް 10،000 (ދިހަ ހާސް) ރުފިޔާ ދިނުމަށްވަނީ ހަމަޖެހިފައިވާކަމަށް ފޭސް ޖަމިއްޔާއިން މަޢުލޫމާތުދެއެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ދަރިވަރުން ފޯމް ހުށަހެޅުމުގެ ސުންގަޑިއަކީ 14 ފެބުރުވަރީ 2021 ވާ އާދިއްތަ ދުވަހުގެ 15:00 އެވެ. މުބާރާތުގެ ޤަވާއިދާއި، މުޤައްރަރާއި، ބައިވެރިވާން އެދޭ ފޯމް އެ ޖަމިއްޔާގެ ފޭސްބުކް ޕޭޖުން ފެންނަން ހުންނާނެއެވެ. އަދި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު، ބަންދު ނޫން ދުވަސް ދުވަހުގެ މެންދުރު 13:30 ން ހަވީރު 15:30 ށް ޖަމިއްޔާގެ ތަމްރީސުލް ޤުރްއާން ކްލާހުން ލިބެން ހުންނާނެކަން އެ ޖަމިއްޔާއިން މަޢުލޫމާތުދެއެވެ.

ފޭސް ޖަމިއްޔާއަކީ ފިޔޯރީގައި ޒުވާނުންނާއި ކުޑަކުދިން ބައިވެރިކޮށްގެން މަދަނީ އަދި އިޖުތިމާއީ މަސައްކަތްތަކުގައި އެކި ގޮތްގޮތުން ހަރަކާތްތެރިވަމުން އަންނަ ޖަމިއްޔާއެކެވެ. މިގޮތުން ބީއެޗްއެމް ޓްރޭޑާސް އިން ފިޔޯރީ ބަދަރު ސަރަހައްދުގައި އިމާރާތް ކޮށްފައިވާ މިސްކިތް ބެލެހެއްޓުމާއި، ޤުރުއާން ކްލާހެއް ހިންގުމާއި، ލެވެލް 1, 2، 3 އަދި 4 ގެ ޤާރީ ކޯސް ހިންގުމުގެ އިތުރުން އެ ރަށުގެ ބަނދަރު ސަރަހައްދުގައި ވާ ކުޑަކުދިންގެ ޕާކުގެ މަސައްކަތްވެސް ކުރަމުން އަންނަނީ ފޭސް ޖަމިއްޔާއިންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: