ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޮޅުވެލި ރިސޯޓުން ޕޮޒިޓިވްވީ މީހުންގެ އަދަދު 32 އަށް

ޝެއާރކޮށްލާ ކަހަލަދޯ؟

ސަން ސިޔާމް އޮޅުވެލި ރިސޯޓުން އިތުރު 32 މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެޗްއީއޯސީން ބުނީ މިއަދު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި 87 މީހުންގެ ތެރެއިން 32 މީހުން ޕޮޒިޓިވް ވެފައިވަނީ ސަން ސިޔާމް އޮޅުވެލި ރިސޯޓުން ކަމަށެވެ. އެގޮތުން އެ ރިސޯޓުން ޕޮޒިޓިވް ވެފައިވާ އެންމެންނަކީ ވެސް ސްޓާފުން ކަމަށް އެޗްއީއޯސީން ހާމަކުރެއެވެ.

ރާއްޖޭގެ އެކި ރިސޯޓުތަކުން ކޮވިޑްގެ ކޭސްތައް ފެންނަމުންދާއިރު، އެޗްއީއޯސީން ވަނީ ބައެއް ރިސޯޓުތަކުން ބަލީގެ އަލާމާތް ހުންނަ މީހުން ޓެސްޓް ނުކުރާ މައްސަލަ ފާހަގަވެފައިވާ ކަމަށް ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: