ގއ. ދެއްވަދޫ ލަސްޓާ އިން ޕޮޒިޓިވްވި އަދަދު 69 އަށް އަރައިފިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ ނަޒްލާ ރަފީގު ވިދާޅުވީ ދެއްވަދޫ ކްލަސްޓާ އިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ދެއްވަދޫ އިން ޕޮޒިޓިވްވި 55 މީހަކާއި، ލ. ފޮނަދޫ އިން ޕޮޒިޓިވްވި ހަތަރު މީހެއްގެ އިތުރުން ގއ ވިލިނގިލިން ޕޮޒިޓިވްވި 2 މީހެއް އަދި ހުޅުމާލެއިން ޕޮޒިޓިވްވި ދެ މީހަކާއި ގއ ދާންދޫ އިން ޕޮޒިޓިވްވި ހަ މީހެކެވެ.
މި ކްލަސްޓާ އާއި ގުޅިގެން ދާންދޫ އާއި ދެއްވަދޫ އަދި ވިލިނގިލި އޮތީ މޮނިޓަރިންގައެވެ.
ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 14،513 އަށް އަރައިފައެވެ.

