ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސުޕްރީމް ކޯޓުން ރައީސް ޔާމީންއަށް އިންސާފު ލިބޭނެ – ޖަމީލް

ޑރ މުހައްމަދު ޖަމީލާއި ކުރީގެ ރައީސް އބްދުﷲ ޔާމީން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް ސާބިތުވެފައިވާ މަނީ ލޯންޑަރިންގ މައްސަލައިގައި އިންސާފު ލިބޭނީ ސުޕްރީމް ކޯޓުން ކަމަށް އެ މަނިކުފާނުގެ އިސް ގާނޫނީ ވަކީލު، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލު މިހެން ވިދާޅުވީ، ގއ. ވޮޑަމުލާގެ އެކުއިޒިޝަން ކޮސްޓް ލޯންޑަރ ކުރި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމް ހައިކޯޓުން ދެމެހެއްޓުމާއި ގުޅިގެންނެވެ. އެގޮތުން ހައިކޯޓުގައި މި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ބެންޗުގެ އަގުލަބިއްޔަތުން ހުކުމް ކުރީ، ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމަށް ބަދަލެއް ގެންނަން ނުޖެހޭ ކަމަށެވެ.

ފަސް ގަޑިއިރަށް ދިގުލައިގެން ދިޔަ ހުކުމް އިއްވުމުގެ މަޖިލިސް ނިމުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ހައިކޯޓުގެ ހުކުމް ބަލައި ނުގަންނަ ކަމަށް ޔާމީންގެ ވަކީލުންގެ ޓީމުން ވަނީ ބުނެފައެވެ. އަދި މި މައްސަލައިގައި ދަށު ކޯޓުން އިއްވި ހުކުމް ދަމަހައްޓަން ރައުޔު ނެރުއްވި ހައިކޯޓުގެ ދެ ފަނޑިޔާރުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. އެ ދެ ފަނޑިޔާރުންނަކީ ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު ހުސައިން މަޒީދެވެ.

އެގޮތުން ޖަމީލު ވަނީ، އެ ދެ ފަނޑިޔާރުން މި މައްސަލައިގައި ގާނޫނު މާނަކުރުމާއި ތަރުޖަމާކުރުމުގައި ބޮޑެތި ގޯސްތަކެއް ހައްދަވާފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރާނެ ކަން ހާމަކުރައްވަމުން ޖަމީލު ވިދާޅުވީ، އެ ކޯޓުން ރައީސް ޔާމީނަށް އިންސާފު ލިބޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އޮތް ކަމަށް ވިދާޅުވެފައެވެ.

“ހައިކޯޓުގެ ދެ ފަނޑިޔާރުން މިއަދު އިއްވި ހުކުމުގައި ހަދާފައިވާ ބޮޑެތި ގޯސްތައް، ގާނޫނު ތަތުބީދުކުރުމުގައި ހަދާފައިވާ ގޯސްތައް، ހެކި ގަބޫލުކުރުމުގައި ހަދާފައިވާ ގޯސްތައް. އަދި ހަމަ އެއާއެކީގައި މުޅި މި މައްސަލައިގެ ވާޣިޔާތު އެބޭފުޅުންގެ ނަޒަރިއްޔާތުން ބަޔާންކުރެއްވުމުގައި ހަދާފައިވާ ބޮޑެތި މާސިންގާ ގޯސްތަކާއި އައިބުތައް، އިރާދަކުރެއްވިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ރައީސް ޔާމީންއަށް އިންސާފު ލިބޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް، ކަށަވަރުކަމެއް އޮތް ވާހަކަ އަޅުގަނޑު ދަންނަވާލަން ބޭނުންވޭ” ޖަމީލު ވިދާޅުވިއެވެ.

ޖަމީލު އިތުރަށް ވިދާޅުވީ، މި ދެ ފަނޑިޔާރުންގެ ނިންމުން މުޅިންހެން ބިނާވެފައި އޮތީ އެ މައްސަލައިގައި ދައުލަތުގެ ފަރާތުން ދެއްކެވި ވާހަކަތަކާއި، ދައުލަތުގެ ނަޒަރިއްޔާތުން ހުށައެޅި ކަންކަމަށް އެކަނި ކަމަށެވެ. އަދި މިކަމަށް ބާރު ދިނުމުގެ ގޮތުން، ދަށު ކޯޓުގެ ހުކުމް ބާތިލުކުރަން ރައުޔު ނެރުއްވި ހައިކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދުގެ ރައުޔު ފާހަގަކުރެއްވިއެވެ.

ފަނޑިޔާރު ޝަހީދު ނެރުއްވި ރައުޔުގައި، މިއީ ފުރިހަމަ ނުވާ ތަހުގީގަކަށް ފަހު އުފުލާފައިވާ ދައުވާއެއްކަން ފާހަގަކުރެއްވިއެވެ. އޭގެ އިތުރުން މި މައްސަލައިގައި ދައުލަތުން ވަކި މީހަކަށް އަދަބު ދޭން މަސައްކަތް ކޮށްފައިވާ ކަމަށާއި، އިބްތިދާއި މަރުހަލާގައި ދިފާއަށް ނުލިބޭ ބައެއް ލިޔެކިޔުން ޝަރީއަތުގައި ބޭނުން ކުރި މައްސަލަވެސް ފާހަގަކުރެއްވިއެވެ.

ޖަމީލު ވިދާޅުވީ، މި މައްސަލައިގައި އިޖުރާއީ ގޮތުންނާއި މައުޟޫއީ ގޮތުން ދަށު ކޯޓުން ހަދާފައިވާ ގޯސްތައް ފަނޑިޔާރު ޝަހީދުގެ ރައުޔުގައި ފާހަގަކުރައްވާފައިވާ ކަމަށެވެ. އަދި، ދިވެހިރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކުގައިވާ ހަމަތަކުގެ މަތިން ހުކުމް އިއްވެވި ހަމައެކަނި ފަނޑިޔާރަކީ ވެސް ޝަހީދު ކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: