ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެމްޕީއާރްސީ ހިޔާނާތުގައި ތުހުމަތުކުރެވޭ އާޒިމްގެ އަޑުއެހުމެއް އާދިއްތަ ދުވަހަށް ތާވަލުކޮށްފި

އެމްއެމްޕީއާރްސީ ހިޔާނާތުގައި ބައިވެރިވުމުގެ ތުހުމަތުކުރެވޭ އަބްދުﷲ އާޒިމް
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ހިޔާނާތުގެ މައްސަލައިގައި މަނީ ލޯންޑަރިންގ އަދި ރިޝްވަތު ހިފުމުގެ ދައުވާ އުފުލާފައިވާ އޭސީސީގެ ކުރީގެ އިންވެސްޓިގޭޓިވް އޮފިސަރު އަބްދުﷲ އާޒިމްގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުން ތާވަލުކޮށްފިއެވެ.

މި ސަރުކާރުގައި އައިލެންޑް އޭވިއޭޝަން (އައިއޭއެސް) ގެ ބޯޑު މެމްބަރެއްގެ ގޮތުގައި ހުރުމަށްފަހު، އާޒިމް އިސްތިއުފާ ދިނީީ އޭނާގެ މައްޗަށް ދައުލަތުން ހިޔާނާތުގެ ދައުވާ އުފުލުމާއި ގުޅިގެންނެވެ. ޕީޖީ އޮފީހުން މި މައްސަލައިގައި ދައުވާ ކުރުމަށް އެދި ކްރިމިނަލް ކޯޓަށް ހުށައަޅާފައި ވަނީ ނިމިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެގޮތުން ދައުލަތުން ވަނީ އޭނާގެ މައްޗަށް މަނީ ލޯންޑަރިންގގެ ދެ ދައުވާއަކާއި ރިޝްވަތު ހިފުމުގެ ދެ ދައުވާއެއް އުފުލާފައެވެ.

މި މައްސަލައިގައި ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ، އާޒިމް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި ހުންނެވި ދުވަސްވަރު، އޭރު ބަލަމުންދިޔަ ބައެއް މައްސަލަތަކުގެ ތަހުގީގު ކުރިއަށްދާ ގޮތް ހިއްސާކުރުމަށާއި، ތަހުގީގަށް ނުފޫޒު ފޯރުވުމަށްޓަކައި ޒިޔަތާއި އަދީބު ދިން ރިޝްވަތުގައި ހިފާފައިވާ ކަމަށެވެ. އެގޮތުން އެސްއޯއެފް ކުންފުނީގެ 100،000 ޑޮލަރުގެ ޗެކެއް އޭނާއަށް ލިބިފައިވެއެވެ.

އަދީބާއި ޒިޔަތު ރިޝްވަތު ދީގެން އޮއްބާލަން އުޅުނު މައްސަލަތަކުގެ ތެރޭގައި، އެމްޕީއެލް އާއި އެމްއެމްޕީއާރުސީއާ ދެމެދު ހިންގި ޑޮލަރުގެ މުއާމަލާތާ ގުޅޭ ކޮރަޕްޝަނުގެ މައްސަލަ އާއި އެ ދެ ފަރާތް ހިމެނޭ ގޮތަށް، ކުރީގެ ސަރުކާރުގެ ބައެއް ވެރިންނާ ގުޅޭގޮތުން އޭސީސީން ބަލަމުން ދިޔަ މައްސަލަތައް ހިމެނޭ ކަމަށް ޕީޖީ އޮފީހުން މައުލޫމާތު ދީފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 50%ހައިރާންވެއްޖެ 50%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: