ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލީ ވަހީދުގެ ޝަރީއަތް ސިއްރު!

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ އަނިޔާކޮށް، ރޭޕްކުރަން އުޅުނު މައްސަލައިގައި ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތައް ސިއްރުކޮށްފިއެވެ.

ކްރިމިނަލް ކޯޓުން މި އަޑުއެހުންތައް ސިއްރުކޮށްފައިވަނީ، ޝަރީއަތް ހިންގުމުގައި ގަވާއިދުތަކާއި އުސޫލުތަކުގައި ޖިންސީ ގޯނާގެ ކުށްތަކާއި ގުޅޭގޮތުން ބަޔާންކުރާ ހަމަތަކުގެ ތެރެއިންނެވެ. އަދި މިއީ އެހެން ބައެއްގެ ޒާތީ މައުލޫމާތު ހިމެނޭ މައްސަލައަކަށް ވާތީ، ހުރިހާ މަރުހަލާތަކެއްގައިވެސް މި މައްސަލައިގެއް އަޑުއެހުންތައް ކުރިއަށް ގެންދާނީ ސިއްރުކޮށްގެންނެވެ.

މި މައްސަލަތަކާއި ގުޅިގެން ދައުލަތުން ވަނީ އަލީ ވަހީދުގެ މައްޗަށް ހަތް ދައުވާއެއް އުފުލާފައެވެ. އޭގެ ތެރޭގައި ރޭޕްކުރަން އުޅުމާއި، ޖިންސީ ގޯނާކުރުމާއި، ޖިންސީ އަނިޔާކުރުމުގެ ދައުވާ އަދި ޖިންސީ ގޯނާކުރުން އުޅުމާއި، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ދައުވާއެއްގެ އިތުރުން ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދެ ދައުވާއެއް ހިމެނެއެވެ. މި ދައުވާތައް އަލީ ވަހީދުގެ މައްޗަށް ސާބިތުވެއްޖެނަމަ، މަދުވެގެން 21 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

އަލީ ވަހީދުގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް އޭނާ އިންކާރުކޮށްފައިވާއިރު، މިއީ ސިޔާސީ ނުފޫޒު އެކުލެވޭ މައްސަލައެއްކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެގޮތުން މި މައްސަލައިގައި އެންމެ ފުރަތަމަ ފުލުހަށް ހާޒިރުކުރި ދުވަހު އަލީ ވަހީދު ވިދާޅުވީ، މައްސަލައިގެ ތަހުގީގު ނިމިގެންދާއިރު ހަގީގަތް ހާމަވެގެން ދާނެކަމަށެވެ. އެ ފަހުން އަދި މިހާތަނަށް މި މައްސަލައާ ގުޅިގެން އަލީ ވަހީދު އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

މި މައްސަލަ އެންމެ ފުރަތަމަ ފެންމަތިވެގެން އައީ ޓޫރިޒަމް މިނިސްޓްރީގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކޮށް، އެ މީހުންގެ ވާހަކަތައް ހިއްސާކުރި ހިސާބުންނެވެ. މުވައްޒަފުންގެ ތުހުމަތުތަކާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، އަލީ ވަހީދު މަގާމުން ވަކިކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 9 ވަނަ ދުވަހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: