ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖިންސީ ގޯނާގެ ދައުވާއަށް އިންކާރު ކުރުމުން، އަލީ ވަހީދާއި ދެކޮޅަށް ގިނަ ހެކިތަކެއް!

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ކުރާ ޖިންސީ ގޯނާގެ ތުހުމަތުގެ ދައުވާތަކަށް އިންކާރު ކުރުމުން، ދައުލަތުން އޭނާއާއި ދެކޮޅަށް ގިނަ ހެކިތަކެއް ހުށަހަޅައިފި އެވެ.

ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ ހިމެނޭހެން، އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާގެ އިބްތިދާއީ މަރުހަލާ މިއަދު ކްރިމިނަލް ކޯޓުގައި ކުރިޔަށް ގެންދިޔަ އެވެ.

އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ހިމެނެނީ، ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދައުވާއާއި، ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާއާއި، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ އާއި، ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާއާއި، ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާގެ އިތުރުން، ހުއްދަ ނޫން ޖިންސީ މުއާމާލަތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާއެކެވެ. މި ދައުވާތައް އަލީ ވަހީދުގެ މައްޗަށް ސާބިތުވެއްޖެނަމަ، މަދުވެގެން 21 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

މި މައްސަލަ ކްރިމިނަލް ކޯޓުގައި ކުރިޔަށް ގެންދިޔައީ، ނޫސްވެރިން ނުވައްދައި ސިއްރުކޮށްގެންނެވެ. އާއްމުކޮށް ޖިންސީ ގޯނާގެ މައްސަލަތައް ކޯޓުތަކުގައި ކުރިޔަށް ގެންދާނީ ސިއްރުކޮށްގެން ނެވެ. ދައުވާތަކަށް އަލީ ވަހީދު އިންކާރުކުރުމުން، ދައުލަތުން ވަނީ އޭނާއާއި ދެކޮޅައް ހެއްކާއި ގަރީނާ ހުށަހަޅާފައެވެ.

މިއަދުގެ އަޑުއެހުމާއި ގުޅޭގޮތުން، މާބޮޑު ތަފްސީލެއް ލިބިފައި ނުވީ ނަމަވެސް ޝަރީއަތް ނިންމާލީ އަލީ ވަހީދަށް ވާހަކަ ދެއްކުމުގެ ފުރުސަތު ދެން އޮންނަ އަޑުއެހުމެއްގައި ދޭނެކަން އިއުލާނު ކުރުމަށްފަހު އެވެ. އަދި އަލީ ވަހީދަށް، އޭނާގެ ދިފާއަށް ހެކި ހުށަހެޅުމުގެ ފުރުސަތު ދީފަ އެވެ.

މައްސަލައިގައި ވަރަށް އަވަހަށް އިތުރު އަޑުއެހުމެއް ތާވަލު ކުރައްވާނެކަމަށް، ގަޒީ ވިދާޅުވެފައި ވެއެވެ.

ޖިންސީ ގޯނާގެ ތުހުމަތުތަކުގައި އަލީ ވަހީދު މަގާމުން ވަކި ކުރީ، މިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ބައްދަލުކޮށް ފުރަސާރައިގެ ވާހަކަ ހިއްސާކުރުމުން ނެވެ. އިސްތިއުފާ ދޭން އެނގުމުން ވެސް، އެގޮތަށް އަމަލު ނުކުރުމުން އަލީ ވަހީދު މަގާމުން ވަކި ކުރީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ.

އަލީ ވަހީދަށް ކުރާ ތުހުމަތުތަކަށް ފުލުހަށް ހާޒިރު ކުރުމުން އެރޭ ނޫސްވެރިންނަށް އޭނާ ވިދާޅުވީ، މިއީ ސިޔާސީ ތުހުމަތުތަކެއް ކަމަށާއި ހަގީގަތް ވަރަށް އަވަހަށް ސާފު ވާނެ ކަމަށެވެ.

އަލީ ވަހީދުގެ ފަރާތުން ޖިންސީ ގޯނާ ކުރިމަތިވިކަމަށް 12 ކުއްޖަކު މައްސަލަ ހުށަހެޅިކަމަށް އިތުބާރު ހުރި މަސްދަރުތަކުން މައުލޫމާތު ލިބެއެވެ. ކޮވިޑާއި ގުޅިގެން ވެރިރަށް މާލެ ސިޓީ ލޮކްޑައުންކޮށް، މަގުތަކަށް ހުއްދައެއް ނެތި ނިކުތުން މަނާކުރިއިރު މިނިސްޓްރީގެ ބައެއް މުވައްޒަފުން ތިބީ މާގިރީ ހޮޓެލްގައި ލޮކްޑައުން ވެގެންނެވެ.

މި މައްސަލައިގައި މިދިޔަ ޖުލައި މަހުގެ ތެރޭގައި ކޯޓު އަމުރެއްގެ ދަށުން، އަލީ ވަހީދު ދިރިއުޅޭ ގެ ބަލާ ފާސްކޮށްފައި ވެއެވެ. ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި މަގާމުން ވަކި ކުރި އަލީ ވަހީދުގެ މޯބައިލް ފޯނާއި، ލެޕްޓޮޕް އަދި އެ ނޫންވެސް އިލެކްޓްރޯނިކް ސާމާނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: