ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރާ ދެކޮޅަށް ސިޔާސީ މުވައްޒަފުންނަށް ވާހަކަ ނުދެއްކޭ ގޮތް ހަދައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން ނިންމާ ނިންމުންތަކާ ހިޔާލުތަފާތުވިޔަސް ސިޔާސީ މުވައްޒަފުންނަށް އެކަމާ ދެކޮޅަށް ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުނުކުރެވޭ ގޮތް ހަދައިފިއެވެ.

މިގޮތަށް ހަދާފައިވަނީ ސިޔާސީ މުވައްޒަފުން އަމަލުކުރަންޖެހޭ އުސޫލުގައެވެ.

އެގޮތުން އެ އުސޫލުގައި ބުނެފައިވަނީ ސަރުކާރުން ނިންމާ ނިންމުންތައް ބަލައިގަނެ، އެ ނިންމުންތަކަށް ޙުރުމަތްތެރިކޮށް ހިތަން ވާނެ ކަމަށާއި އަދި މިފަދަ ނިންމުންތަކާމެދު ޚިޔާލު ތަފާތުވިނަމަވެސް، އެކަމާ ގުޅޭގޮތުން ވަކިވަކި ފަރުދުންގެ ގާތުގައްޔާއި، އާންމު ތަންތާނގައި ނުވަތަ މީޑިއާގައި ވާހަކަދައްކައި، ނޫސް މަޖައްލާ ފަދަ ތަކެއްޗާއި ސޯޝަލް މީޑިއާގައި ލިޔެ ހަދައިގެން ނުވާނެ ކަމަށެވެ.

ސަރުކާރުގެ ސިޔާސަތާ ތަފާތު ވިސްނުމެއް ނުވަތަ މުވައްޒަފުގެ މަސްއޫލިއްޔަތާ ފުށުއަރާކަމަކަށް މަގުފަހިވެދާނެ
އުސޫލުތަކެއް ގެންގުޅެގެން ނުވާނެ ކަމަށާއި މަޤާމުގެ ހައިސިއްޔަތުން މުވައްޒަފަށް ލިބިފައިވާ މަޢުލޫމާތެއް، އަމިއްލަ މަންފާއެއް ހާސިލު ކުރުމަށް ނުވަތަ އެހެން މީހަކަށް އެފަދަ މަންފާއެއް ހޯދައިދިނުމަށް ނުވަތަ އެހެން މީހަކަށް ލިބެން އޮތް މަންފާއަކުން މަޙުރޫމު ކުރުމަށް ބޭނުން ނުކުރުމަށް ވެސް އުސޫލުގައި ވަނީ ބުނެފައެވެ.

މީގެއިތުރުން ސަރުކާރުގެ އެއްވެސް މުދަލެއް، ނުވަތަ ފައިސާއެއް، ނުވަތަ ވަސީލަތެއް، މަޤާމުގެ ހައިސިއްޔަތުން ކުރަންޖެހޭ މަސައްކަތްތަކަށް މެނުވީ ބޭނުން ނުކުރުމަށާއި ރަސްމީ ގަޑީގައި، މުވައްޒަފު އެހެން އެއްވެސް ވަޒީފާއެއް އަދާކޮށްގެން ނުވާނެ ކަމަށްވެސް އުސޫލުގައި ވެއެވެ.

އަދި މުވައްޒަފުގެ މަޤާމު ހަމަޖެހިފައިވާ އޮފީހަކަށް ނުވަތަ އެ އިރަކު މުވައްޒަފު މަސައްކަތްކުރަން ހަމަޖެހިފައިވާ
އޮފީހަކަށް، ރަމަޟާންމަސް ފިޔަވައި އެހެން މަސްމަހު، ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 ގެ ކުރިން، އަދި ރަމަޟާންމަހު އޮފީހަށް ހާޒިރުވުމަށް ސަރުކާރުން ހަމަޖައްސާ ގަޑިއަކަށް ހާޒިރުވެ، ހާޒިރުވިކަން ރެކޯޑުކުރަން އޮންނަ އުސޫލަކުން، އެކަން ރެކޯޑު ކުރުމަށް ވެސް ވަނީ އަންގާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: