ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް ވެކްސިން ޖަހަން 19،000 އަށްވުރެ ގިނަ މީހުން ރަޖިސްޓްރީކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ވެކްސިން ޖަހަން 19،000 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީކޮށްފިއެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ.ފާޠިމަތު ނަޒްލާ ރަފީގު ވިދާޅުވީ މިހާތަނަށް ކޯވިޑް-19ގެ ވެކްސިން ޖެހުމަށްޓަކައި 19666 މީހަކު ޕޯޓަލްގައި ރަޖިސްޓްރީ ވެފައިވާކަމަށެވެ.

އެއީ ދުވާލެއްގެ މައްޗަށް ބަލާނަމަ 1،000 މީހުން ކަމަށާއި ވެކްސިން ޖެހުމަށްޓަކައި ވީހާވެސް ގިނަބަޔަކު ޕޯޓަލްގައި ރަޖިސްޓްރީ ވުމަށް ނަޒްލާ ވަނީ އިލްތިމާސްކޮށްފައެވެ.

މި މަހުގެ 20 ވަނަ ދުވަހު އިންޑިއާ ސަރުކާރުން ވަނީ ‘ކޮވިޝީލްޑް’ ވެކްސިންގެ އެއް ލައްކަ ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފަ އެވެ.

މި ވެކްސިން އެންމެ ފުރަތަމަ ޖެހުމަށް ހަމަޖެހިފައިވަނީ ސިއްހީ ހިދުމަތްތެރިންނާއި ސޯޝަލް ވޯކަރުންނަށް ކަމަށާއި އެއަށް ފަހު އުމުރުން 50 އަހަރުން މަތީގެ މީހުންނަށް އަދި އެއަށްފަހު 18-50 އަހަރުގެ ތެރެއިން ހައި ރިސްކް މީހުންނަށް ކަމަށް އެޗްއީއޯސީން ހާމަކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: