ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްވެރިކަމުގެ މަޝްރޫއުތައް ފެށުމުގެ ކުރިން ހުއްދަ ނެގުމަށް އަންގައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މަސްވެރިކަމުގެ މަޝްރޫޢުތައް ޤާއިމްކުރުމަށް ހުއްދަދިނުމުގެ ގަވާއިދުގެ ދަށުން މަސްވެރިކަމާއި ގުޅުން ހުރި ޙަރަކާތްތައް ހިންގުމަށް ހުއްދަ ނެގުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން އަންގައިފިއެވެ.

މިގަވާއިދަކީ ޤާނޫނު ނަންބަރު 14/2019، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދެކެވެ. މިގަވާއިދުެގ ދަށުން 9 މަޝރޫއެއް ފެށުމުގެ މިނިސްޓްރީގެ ހުއްދަ ހޯދަން ޖެހެއެވެ. އެ 9 މަޝްރޫއަކީ

  1. މަހާއި މަހުގެ އުފެއްދުންތައް އުފެއްދުމަށް ހިންގާ މަޝްރޫޢުތައް
  2. ގޭދޮށު މަސްފެކްޓަރީ ޤާއިމް ކުރުމުގެ މަޝްރޫޢުތައް
  3. މަސްވެރިންގެ އަތުން މަސްގަނެ މަސްފިނިކޮށް، ގަނޑުކޮށް، ރައްކައުކުރުމަށް ހިންގާ މަޝްރޫޢުތައް
  4. މަސްވެރިންނަށް އައިސް ފޯރުކޮށްދިނުމަށް އައިސް ޕްލާންޓް ޤާއިމް ކުރުން.
  5. ފާނަކޮށި އެޅުން ނުވަތަ ކޮށިއަޅައިގެން މަސްގެންގުޅުމަށް ހިންގާ މަޝްރޫޢުތައް
  6. އެކުއަކަލްޗަރ ކުރުމާއި އެކުއަކަލްޗަރއާ ގުޅުންހުރި މަޝްރޫޢުތައް
  7. ކާބަން މޮނޮކްސައިޑް ޓްރީޓްކޮށްގެން މަހުގެ އުފެއްދުންތައް އުފެއްދުމަށް ހިންގާ މަޝްރޫޢުތައް
  8. އެކްސްޕޯޓްކުރުމަށް ނުވަތަ ވިޔަފާރީގެ ބޭނުމަށް މޫދުގައި އުޅޭ އެކުއޭރިއަމް ފިޝް ނުވަތަ ދިރޭ ކުދިމަސް ބަންދުކުރުމަށް ފެސިލިޓީ ޤާއިމްކުރުމަށް ހިންގާ މަޝްރޫޢުތައް އަދި
  9. ކަނޑުގެ ދިރުންތައް ނުވަތަ މަސްވެރިކަމާ ގުޅޭ ދިރުންތައް އާލާކުރުމަށް ހިންގޭ މަޝްރޫއުތަކެވެ.

މިގަވާއިދުގެ ދަށުން މަސްވެރިކަމުގެ މަޝްރޫޢުތައް ފެށުމުގެ ކުރިން އެކަމަށް ހުއްދައެއް ހޯދުމާއި، މަޝްރޫޢެއްގެ މަސައްކަތް ފެށޭ ހިސާބުން މަޝްރޫއުތަކާއި ބެހޭ މައުލޫމާތު މިނިސްޓްރީން އެއްކޮށް ބަލަހައްޓަމުން ދާނެއެވެ. މީގެ މައިގަނޑު މަގްސަދަކީ އަމިއްލަ ފަރާތްތަކުން މަސްވެރިކަމުގެ ދާއިރާއަށް އިންވެސްޓްކުރުމަށް ރާވާ މަޝްރޫއުތަކަކީ، މަސްވެރިކަމުގެ ސިނާއަތް ތަރައްގީކޮށް ކުރިއެރުވުމަށް ކަނޑައަޅާފައިވާ ސިޔާސަތުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ހިންގޭ މަޝްރޫއެއް ކަމުގެ ޔަގީންކަން އެމަޝްރޫއު ރާވައި ކުރިއަށް ގެންދާ ފަރާތަށް ދިނުންކަމަށް މިނިސްޓްރީއިން ބުނެއެވެ. އަދި މަސްވެރިކަމުގެ އުމުރާނީ ވަސީލަތްތައް ގާއިމް ކުރުމަށް ސަރުކާރުގެ ފަރާތުންނާއި އަމިއްލަ ފަރާތްތަކުން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ތެރެއިން އެއްބާވަތެއްގެ މަޝްރޫއުތައް އެއް ސަރަޙައްދަކަށް އަމާޒުވެ އެ މަޝްރޫއުތަކަށް އިންވެސްޓްކުރާ ފަރާތްތަކުން ކުރިން އަންދާޒާ ކުރިގޮތާ ޚިލާފަށް ނަފާ ނުލިބި މަޝްރޫއު ހުއްޓާލަން ޖެހުންފަދަ ހާލަތްތައް މެދުވެރިވުން ހުއްޓުވުމަކީ ވެސް މި ގަވާއިދު އެކުލަވާލުމުގެ މުހިއްމު އެއް މަގްސަދުކަމަށް މިނިސްޓްރީއިން ބުނެއެވެ.

އެހެންކަމުން، ގަވާއިދުގައި ބަޔާންކޮށްފައިވާފަދަ މަސްވެރިކަމުގެ މަޝްރޫޢުއެއް ފެށުމަށް ގަސްދުކުރާ ފަރާތްތަކުން އެމަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން މަސްވެރިކަމުގެ މަޝްރޫއުތައް ގާއިމް ކުރުމަށް ހުއްދަ ދިނުމުގެ ގަވާއިދުގެ ދަށުން ހުއްދަ ނެގުމަށް މިނިސްޓްރީއިން އިލްތިމާސްކުރެއެވެ. މަސްވެރިކަމުގެ މަޝްރޫޢު ޤާއިމްކުރުމުގެ ހުއްދައަށް އެދޭ ފޯމާއި ޕްރޮޖެކްޓް ޕްރޮޕޯސަލް ހުށަހަޅަންޖެހޭ މަޝްރޫޢުތަކަށް އެ ޕްރޮޕޯސަލްގައި ހިމަނަންޖެހޭ މަޢުލޫމާތު ބަޔާންކުރާ ގައިޑްލައިން މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން މިހާރު ހުންނާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: