ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަމައެކަނި ސާފުކުރުމުގެ ޕްރޮގްރާމްތަކުން ކުނީގެ މައްސަލަ ޙައްލެއް ނުވާނެ: ފަޒްނާ

ޝެއާރކޮށްލާ ކަހަލަދޯ؟

ހަމައެކަނި ސާފުކުރުމުގެ ޕްރޮގްރާމްތަކުން ކުނީގެ މައްސަލަ ޙައްލެއް ނުވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ މިއަދު ބޭއްވި ހުޅުމާލޭގެ ގޮނޑު ދޮށް ސާފު ކުރުމުގެ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

ފަޒްނާ ވިދާޅުވީ ކުނީގެ މައްސަލަ ޙައްލުކުރުމުގައި އެންމެ އެދެވޭ ނަތީޖާއެއް ފެންނާނީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށެވެ. އެގޮތުން މޫދާއި ގޮނޑުދޮށާއި، މަގުމަތި ސާފްކޮށް ބޭއްވޭނީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް އެކަމަނާ ވިދާޅުވިއެވެ.

މޫދު ފަދަ ތަންތަން ސާފު ކުރުމަކީ ޕްލާސްޓިކާއި ދެކޮޅު، ވަރަށް ބޮޑު ހަނގުރާމައެއް ކަމަށާއި ތިމާވެއްޓަށް ލޯބި ކުރާ އެއްވެސް މީހަކު، ކަނޑަށް ކުނި ނުއުކާނެ ކަމަށް ފަޒްނާ ވިދާޅުވިއެވެ.

ފަޒްނާ ވިދާޅުވީ ޕްލާސްޓިކްގެ ބަދަލުގައި ތިމާވެއްޓާއި ރައްޓެހި ގޮތްތައް ހިޔާރު ކުރަންޖެހޭ ކަމަށާއި، އެމަގުން ނޫނީ މިފަދަ މައްސަލަތައް ހައްލުނުވާނެ ކަމަށެވެ.

އީޔޫގެ އެހީގައި ސްވިޗް އޭޝިއާ އިން ކުރިއަށް ގެންދާ ޕްރޮޖެކްޓް ތަކުގެ ތެރެއިން ޕްލާސްޓިކް މަދު ކުރަން ފެށި ޕްރޮޖެކްޓް، “ޕްރޮމިސް – ޕްރިވެންޝަން އޮފް މެރިން ލިޓާ އިން ލަކްޝަޑްވީޕް ސީ” ޕްރޮގްރާމް މިއަދު ހުޅުމާލޭގައި ކުރިއަށް ގެންދިޔައިރު، މި ޕްރޮގްރާމް ރާއްޖޭގައި ހިންގުމަށް އިސްވެ ހަރަކާތްތެވިވަނީ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީންނެވެ.

މި ޕްރޮގްރާމްގައި ޕްރޮމިސް ޕްރޮޖެކްޓްގެ މެނޭޖަރ ޑރ. ޢަބްދުﷲ ނަޒީރު ވިދާޅުވީ މި ޕްރޮޖްކްޓް މެނޭޖްކުރުމަށް ޔޫރަޕިއަން ޔޫނިއަންއިން ހަވާލުކޮށްފައިވަނީ ޤައުމީ ޔުނިވަރސިޓީއާ ކަމަށެވެ. އަދި ޔުނިވަރސިޓީއަށް މި ޕްރޮޖެކްޓުގެ ސަބަބުން ތަޖުރިބާތައްވެސް ލިބިގެންދާނެކަމަށް ޑރ. ނަޒީރު ވިދާޅުވިއެވެ.

ޑރ. ނަޒީރު ވިދާޅުވީ އެމްއެންޔޫއަކީ މީހުން ބިނާކުރާ ތަނަކަށްވެފައި އަދި ވަކިން ޚާއްސަކޮށް މިފަދަ ތިމާވެއްޓާއި ގުޅުންހުރި ޕްރޮޖެކްޓެއް މެނޭޖްކުރަން ލިބުމަކީ ދިވެހިރާއްޖެއަށްވެސް ލިބުނު ވަރަށް ބޮޑު ފަޚުރެއް ކަމަށެވެ.

މި ޕްރޮޖެކްޓުގެ ދަށުން ލަކްޝަދީޕް ކަނޑު ނުވަތަ އިންޑިޔާގެ ކެރަލާ ސްޓޭޓްގެ ވެސްޓް ކޯސްޓާއި ސްރީލަންކާގެ ވެސްޓް އަދި ސަދަން ކޯސްޓާއި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދަށް އުކާލެވޭ ޕްލާސްޓިކްގެ ޢަދަދު މަދުކުރެވިގެންދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: