ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަމަހަމަކަން ކަށަވަރުކުރުމަށް ވިސްނުން ބަދަލުކުރަންޖެހޭ: އޭޖީ

އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު --- ފޮޓޯ: ޕީއެސްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

މިންތީގެ ހަމަހަމަ ކަށަވަރުކުރުމަށް ވިސްުނުން ބަދަލުކުރަންޖެހޭ ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ވިދާޅުވެއްޖެެއެވެ.

ކައުންސިލްތަކުން އަންހެނުންނަށް ގޮނޑި ޚާއްސަކޮށްގެން، ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހަކީ ޤާނޫނު އަސާސީއާއި ހިލާފު ނިންމުމެއް ނޫންކަމަށް ހައިކޯޓުން ކުރި ހުކުމަށް އިޝާރާތްކުރައްވާ ރިއްފަތު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މުޖުތަމަޢުގެ އާދަކާދާއި ވިސްނުން ޒަމާނާއި ހާލަތަށް ބަދަލުކުރުމަށްޓަކައި ޤާނޫނަކީ ހަމައެކަނި ވަޞީލަތެއް ކަމަށެވެ.

އޭޖީ ވަނީ އެ އޮފީހުގެ ފަރާތުން މިމައްސަލާގައި ވަކާލާތު ކުރެއްވި ވަކީލުންނަށް ޝުކުރު އަދާކުރައްވާ މިންތީގެ ހަމަހަމަކަން ކަށަވަރުކުރުމަށް ވިސްނުން ބަދަލުކުރަންޖެހޭ ކަމަށް ރިއްފަތުވަނީ ވިދާޅުވެފައެވެ.

އުންސިލްތަކުގެ 33 ޕަސަންޓް އަންހެނުންނަށް ޚާއްސަކޮށް ލާމަރުކަޒީ ޤާނުނަށް އިޞްލާހު ގެނައީ 2019 ވަނައަހަރުގެ ޑިސެމްބަރުމަހުގެ 15 ވަނަދުވަހުއެވެ. އަދި އެ އިސްލާހަކީ ޤާނޫނާއި ޚިލާފް ނިންމުމެއްކަމަށް ކަނޑައަޅާއިދިނުމަށް އެމައްސަލަ ކޯޓަށް ހުށައެޅުއްވީ ގާނޫނީ ވަކީލި މޫސާ އަންވަރެވެ. އޭނާ ހުށައެޅި މައްސަލާގައި ބުނެފައިވަނީ ޤާނުނު އަސާސީން ކޮންމެ މީހަކަށްވެސް ލިބިދީފައިވާ ފުރުސަތެއް ޤާނޫނު އަސާސީއަށް ބަދަލު ނުގެނެސް އެ ހައްގު ނިގުޅައި ނުގަނެވޭނެކަމަށެވެ.

އެ މައްސަލައިގައި ހައިކޯޓުން ހުކުމްކުރީ ލޯކަލް ކައުންސިލް އިންތިހާބަށް އަންހެނުންނަށް 33 އިންސައްތަ ގޮނޑި ހާއްސަ ކުރުމަކީ ގާނޫނުއަސާސީއާ ތައާރަޒުވާ ކަމެއް ނޫން ކަމަށެވެ.

މި މައްސަލާގައި ދައުލަތުގެ ބަންޑާރަ ނައިބުގެ އޮފީހުން ފާހަގަކުރި ގޮތުގައި އަންހެނުންނަށް ގޮނޑި ހާއްސަކުރުމުން އެއްވެސް ބައެއް އަސާސީ ހައްގެއް ހަންޏެއްނުވެއެވެ. އަދި މި ބަދަލު ގެނެސްފައިވަނީ ޑިމޮކްރެޓިކް ޤައުމުތަކުގައި އަމަލުކުރަމުން އަންނަ އުސޫލްތަކުގެ މައްޗަށް ބަލާ ފާސްކޮށްފައިވާ ޤާނޫނެއްކަމަށްވެސް ބަންޑާރަ ނައިބުގެ އޮފީހުން ވަނީ ފާހަގަކޮށްފަ އެވެ.

އަންހެނުންނަކީ އިޖުތިމާއީ ގޮތުން ހާއްސަ ރައްކާތެރިކަން ލިބިދޭން ޖެހޭ ބައެއްކަން އިލްމީ ލިޔުންތަކުންވެސް އެނގެންހުރި ކަމަށާއި އަންހެނުންނަށް ގޮނޑި ހާއްސަ ކުރުމަކީ ޖިންސީ ތަފާތު ކުރުން ނޫން ކަމަށް ޔޫރަޕިއަން ކޯޓް ހިއުމަން ރައިޓްސް އަދި ޔޫރަޕިން ކޯޓް އޮފް ޖަސްޓިސްއިން މީގެ ކުރިން ކަނޑައަޅާފައިވާކަން ދައުލަތުން ފާހަގަ ކުރިއެވެ.

މި މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ ބެންޗުގައި ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ނިޔާޒްއެވެ. ދެން ބެންޗުގައި ހިމެނިވަޑައިގަންނަވަނީ އިސްފަނޑިޔާރު އަލްއުސްތާޛު ހާތިފް ޙިލްމީ އާއި ފަނޑިޔާރު އަލްއުސްތާޛު ޢަލީ ސަމީރާއި، ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ޝަހީދާއި، ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލް ރައޫފް އިބްރާހީމް އެވެ.

ހައިކޯޓުން އިއްވި ހުކުމުގައި ބުނެފައިވަނީ ޤާނޫނު އަސާސީގެ މާއްދާތަކުން ތަފާތުކުރުން ފެންނަން އެބަހުރިކަމަށެވެ. އެގޮތުން ވަކިކަންކަމުގައި އުމުރުތައް ކަނޑައަޅާފައި ހުރުމުން ޤާނުނު އަސާސީގައި ދެވަނަ ބާބުގައި ހުރިކަންކަމަކީ މުތުލަގުކޮށް ދީފައިވާ ހައްގުތައް ނޫންކަން އެގޭކަމަށެވެ. އަދި އަންހެނުންނަށް ވަކި ގޮނޑިތަކެއް ކަނޑައެޅުމަކީ ޖިންސުގެ ތަފާތުކުރުންތަކެއް ނަމަވެސް އެ ނިންމުމަކީ ޤާނޫނު އަސާސީއާއި ހިލާފު ނިންމުމަކަށް ނުވާނެކަމަށެވެ.

ހައިކޯޓުގެ އެ ނިންމުން ސުޕްރީމް ކޯޓިގައި އިސްތިއުނާފު ކުރުމަށް މޫސާ އަންވަރުވަނީ ނިންމާފައެވެ. މޫސާ އަންވަރު ކުރި ޓްވީޓެއްގައިވަނީ ހައި ކޯޓުގެ ހުކުމް އޮތްގޮތުން ގާނޫނުއަސާސީގެ އަސާސީ ހައްގުތަކާ ގުޅޭ ބާބު ކަފުން ކުރަން ފުރުސަތު ލިބޭ ކަމަށެވެ. އަދި އެ ހުކުމް އޮތީ ގާނޫނު މާނަ ކުރުމުގެ ހަމަތަކާއި އަދުލު އިންސާފުގެ ހަމަތަކާ ވެސް މުޅިން ޚިލާފަށް ކަމަށާއި އެހެން ގައުމުތަކުގައި އަންހެނުންނަށް ކޯޓާ ކަނޑައަޅާފައިވާ ގޮތަށް ރިއާޔަތް ކޮށްފައިނުވާ ކަމަށް އެ ޓްވީޓްގައިވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: