ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރިން ވެސް އެމްޑީޕީ ސަރުކާރު ނިމުނީ ޗާޓުން ބޭރުން ކަންތައް ކުރުމުން: ޖަމީލް

އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާގައި ޑރ. ޖަމީލް ވާހަކަ ދައްކަވަނީ_ފޮޓޯ: ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

މީގެ ކުރިންވެސް އެމްޑީޕީގެ ވެރިކަން ނިމިފައިވަނީ ޗާޓުން ބޭރުން ކުރަމުންދިޔަ އަމަލުތަކުގެ ސަބަބުން ކަމުގައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިހެން ވިދާޅުވީ އިދިކޮޅު ކޯލިޝަނުން މާލޭގެ މަގުތަކުގައި ކުރިއަށްގެންދާ މުޒާޖަރާތަކާއި ގުޅިގެން ފުލުހުން އިދިކޮޅު އިސްފަރާތްތަކާއި، އެކްޓިވިސްޓުން ހައްޔަރު ކުރަމުންދާ މައްސަލާއާ ގުޅިގެންނެޗެ.

އެގޮތުން ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމަކީ ޤާނޫނު އަސާސީން ދިވެހި ކޮންމެ ރައްޔިތަކަށް ލިބިދީފައިވާ ހައްގެއްކަމަށާއި މުޒާހަރާ ކުރަން ނިކުންނަ މީހުން ޤާނޫނީ އިމުން ބޭރުން ހައްޔަރުކޮށް އަނިޔާ ދިނުމަކީ ކުރެވޭނެ ކަމެއްނޫންކަމަށެވެ.

”ކުރިން ވެސް އެމްޑީޕީ ސަރުކާރު ނިމުނީ މިގޮތަށް ޗާޓުން ބޭރުން ކަންތައް ކުރުމުން.“ ޖަމީލް ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިޚާބު އަވަސްކުރުމަށް ގޮވާލާ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކުރިއަށްގެންދިޔަ އިޙްތިޖާޖުގައި ފުލުހުން ހައްޔަރުކުރި 24 މީހުން ދޫކޮށްލާފައިވަނީ ރޭ ދަންވަރުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: