ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިމަރަފުށީގައި ކުދިން މައިންބަފައިނާއި ވަކިވެ، އެއީ ގަތުލު ކުރަންޖެހޭ ބައެއްގެ ގޮތުގައި ދެކެން ފެށި: ފުލުހުން

ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅޭކަމުގެ ތުހުމަތާއި އެކު ކުރިޔަށް ގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ތިމަރަފުށީގައި ހަރުކަށި ފިކުރުގެ ސަބަބުން، އެކަމުގެ ތެރެއަށް ވަދެވުނު ކުޑަކުދިން މައިންބަފައިންނާއި ވަކި ވެ، މައިންބަފައިން ގަތުލު ކުރަންޖެހޭކަމަށް ދެކެން ފެށިކަމަށް ފުލުހުން ހާމަކޮށްފި އެވެ.

ޓެރަރިޒަމުގެ އަަމަލުތަކެއް ހިންގަން ރާވަމުންދާ ކަމުގެ ތުހުމަތަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު، އޮޕަރޭޝަނެއް ހިންގައި ބަޔަކު ހައްޔަރުކުރީ މާލެ ކައިރީގައި އޮތް “ނަސާހް 3” ކިޔާ ދޯންޏަކުންނެވެ.

އެ އޮޕަރޭޝަން ހިންގާފައިވަނީ އެކްސްޕްލޯސިވް ޑިވައިސް (އައިއީޑީ) އެއް ތައްޔާރުކުރުމަށް ބޭނުންވާ އާލާތްތައް އެއްކޮށް، އައިއީޑިއެއް މެދުވެރިކޮށް ޓެރަރިޒަމްގެ ހަމަލާއެއް ދިނުމަށް މަސައްކަތް ކުރަމުންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެންނެވެ.

ދޯނިންނާއި މާލެ އަދި ތިމަރަފުށިން ހައްޔަރުކުރި ހަ މީހުންގެ ވަނަވަރު ފުލުހުން ވަނީ މިއަދު އާއްމުކޮށްފަ އެވެ.

މި މީހުންނަކީ ދަތުރު ދިއުމުގެ ނަމުގައި ފަޅު ރަށްރަށަށް ގޮސް ތަމްރީނުތައް ހަދައި، ދީނުގެ ނަމުގައި ހަރުކަށި ފިކުރު ފެތުރުމުގެ ގޮތުން ކުޑަކުދިންނަށް އަމާޒުކޮށް މަސައްކަތް ކުރަމުން ދިޔަ ބައެކެވެ. ފުލުހުން އާއްމު ކުރި ބަޔާނުގައި ބުނީ، އެ މީހުން ދިޔައީ ދަރީން މައިންބަފައިންގެ ބަސް ކޮންމެހެން ގަބޫލު ކުރަން ނުޖެހޭނެކަމަށް ވިސްނައި ދެމުން ކަމަށެވެ. އަދި ގާތް އަހުންނަކީ، ހަމައެކަނި ވަކި ފިކުރެއް ގަބޫލު ކުރާ މީހުންގެ ގޮތުގައި ބުނެދިން ކަމަށެވެ.

ބައެއް ހާލަތްތަކުގައި ކުޑަކުދިން އެ މީހުންގެ ބަހަށް ހެއްލުމުން، އެ ކުދިންގެ ހިތް އަތުލަން ބޭނުންވާ ތަކެތި ގަނެދީ، ފައިސާ ދެމުން ގެންދިޔަކަމަށް ފުލުހުން ބުނެއެވެ. ކުޑަކުދިންގެ ސިކުނޑިއަށް ވިސްނަދީފައި ހުންނަ ވާހަކަތަކުގެ ސަބަބުން، ބައެއް ކުދިން މައިންބަފައިންނާއި ވަކިވެ، މައިންބަފައިން އެއީ ކާފަރުންގެ ގޮތުގައި ދެކެމުން ދިޔަ ކަމަށް ފުލުހުންގެ ބަޔާނުގައި ވެއެވެ. އަދި މައިންބަފައިން ގަތުލުކުރަން ޖެހޭ ކަމަށް އެ ކުދިން ދެކުނު ކަމަށެވެ.

“ތިމަރަފުށީގައި ހަރުކަށި ފިކުރު ފެތުރުމުގެ ސަބަބުން ދަރިން މައިންބަފައިންނާ ވަކިވެ، ވަކިން އުޅެން ފަށައި، ބައެއް ފަހަރު މައިންބަފައިން ކާފަރުކޮށް، މައިންބަފައިން ގަތުލުކުރަން ޖެހޭކަމަށް ދެކި، އަހުންގެ ގޮތުގައި ދައްކައިދީފައިވާ ފަރާތްތަކަކީ ރަށުގެ އާއްމު އެހެން މީހުންނަށްވުރެ މުހިއްމު ބައެއްކަމަށް ކަމަށްދެކެން ފަށައި، އާއްމުންނާ އޮންނަ ގުޅުން ކުޑަވެގެން ގޮސްފައިވާކަން ވެސް ފާހަގަކުރެވިފައިވެއެވެ.” ފުލުހުން

ހަރުކަށި ފިކުރުގެ މީހުން އާއްމު ގޮތެއްގައި ޓާގެޓުކޮށްފައި ވަނީ ރަށުގެ 14 އަހަރާއި 18 އަހަރާއި ދެމެދުގެ ކުދިންނެވެ. ފުލުހުން ބުނީ ހަރުކަށި ފިކުރު ގަބޫލުކޮށް އެފިކުރު ފެތުރުމަށް މަސައްކަތްކުރާ ފަރާތްތަކުން ކުޑަކުދިންނަށާއި، ދަތި ހާލުގައި އުޅޭ މީހުންނަށާއި، ކުށްކުރާ މީހުންގެ ތެރެއިން ފައިސާއަށް ހެއްލޭ ކުދިންނަށް އަމާޒުކޮށްގެން ފުރަތަމަ މަރުހަލާގައި ދީނީ އަޅުކަންތައް އާއްމު އުސޫލުންކުރުމަށް ބާރު އަޅައި ވާހަކަ ދައްކައި ދީނީ ކަންކަމަށް ޝައުގުވެރިކުރުވަމުން ދިޔަކަން ތަހުގީގަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ފުލުހުން ބުނީ، އެ މީހުން ކުޑަކުދިންނަށް ވިސްނައިދެނީ، މައިންބަފައިން އެއީ އިސްލާމް ދީން ގަބޫލު ނުކުރާ ބައެއްގެ ގޮތުގައި ކަމަށެވެ.

ހަރުކަށި ފިކުރު ގަބޫލުކޮށް އެފިކުރު ފެތުރުމަށް މަސައްކަތްކުރާ ފަރާތްތަކުން ކުޑަކުދިންނަށާއި، ދަތި ހާލުގައި އުޅޭ މީހުންނަށާއި، ކުށްކުރާ މީހުންގެ ތެރެއިން ފައިސާއަށް ހެއްލޭ ކުދިންނަށް އަމާޒުކޮށްގެން ފުރަތަމަ މަރުހަލާގައި ދީނީ އަޅުކަންތައް އާއްމު އުސޫލުންކުރުމަށް ބާރު އަޅައި ވާހަކަ ދައްކައި ދީނީ ކަންކަމަށް ޝައުގުވެރިކުރުވާ ކަމަށެވެ.

މި މީހުން ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއްދިނުމަށް ހިތްވަރު ލިބިގަތީ އައިސިސްއިން “ޖަޒީރާގެ ޒުވާނުން” ނަށް މުހާތަބުކޮށް ދީފައިވާ މެސެޖަކާއި ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ. އަދި އައިސިސްއިން ދީފައިވާ މެސެޖުގައި ބުނެފައިވަނީ “ޖިހާދުގެ މައިދާންތަކަށް ތިބާއަށް ދަތުރު ނުކުރެވިއްޖެ ނަމަ، ދެން ސަލީބީ ދައުލަތްތަކުގެ ރައްޔިތުންވަނީ ތިޔަބައިމީހުންގެ ކުރިމަތީގައެވެ. އެހެންކަމުން މަތިވެރިވެގެންވާ ﷲ ގެ ހަޟްރަތުން ވާގި އެދޭށެވެ. އެބައިމީހުން ގަތުލުކުރުމަށާއި، ޗިސްޗިސްކޮށްލުމުގަ އެވެ. އަންދާލުމުގަޔާއި، ދަންޖެއްސުމުގައެވެ.” މިފަދައިން ކަމަށާއި، އެ މެސެޖުގައި ޓެރަރިޒަމްގެ އަމަލެއްކުރުމަށް ހިންގުމަށް ގޮވާލައި ހިތްވަރު ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ވަރަށް ގަދަ
5%ވަރަށް ގަދަ 5%ވަރަށް ގަޔާވޭ 5%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 45%ވަރަށް ދެރަ 41%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: