ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެ ސަރަހައްދުގައި ޕާޓީތަކާއި ހަފްލާތައް ބޭއްވުން މަނާކޮށްފި

ކޮވިޑް19 އަށް ޓެސްޓްކުރުމުގެތެރެއިން... ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސަރަހައްދުގައި ޕާޓީތަކާއި ހަފްލާތައް ބޭއްވުން މަނާކޮށްފި އެވެ.

އެޗްޕީއޭ އިން ބުނީ މިއަދުން ފެށިގެން މާލެ ސަރަހައްދުގައި ޕާޓީތަކާއި، ހަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓާލުމަށް އަންގާ ކަމަށެވެ.

ކޮވިޑް ފެތުރެން ފެށުމާއެކު ބަލި ކޮންޓްރޯލްކުރުމަށް މީގެ ކުރިން ވެސް މާލެ ސަރަހައްދުގައި ޕާޓީތަކާއި ހަފުލާ އަދި ރަސްމިއްޔާތުތައް ބޭއްވުން ވަނީ މަނާކޮށްފައެވެ. އެގޮތުން އެ ހަރަކާތްތައް ބޭއްވުމުގެ ހުއްދަ ދީފައިވަނީ މިދިޔަ މަހުގެ 17 ވަނަ ދުވަހުން ފެށިގެންނެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަނެއްކާވެސް އިތުރުވާން ފަށާފައެވެ. އެގޮތުން އިއްޔެ ވެސް 145 މީހުން ޕޮޒިޓިވް ވިއިރު އޭގެތެރެއިން 93 މީހުން ނިސްބަތްވަނީ މާލެ ސަރަހައްދަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: