އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން އިއްޔެ ކުރިއަށްގެންދިޔަ އިހުތިޖާޖުގެ ތެރެއިން ހައްޔަރުކުރި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި އެ ޕާޓީގެ ނައިބު ރައީސް އިބްރާހިމް ޝުޖާ ދޫކޮށްލައިފިއެވެ.
އިދިކޮޅު ކޯލިޝަނުގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ މި ދެ ބޭފުޅުން ދޫކޮށްލާފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ.
އަދުރޭ އާއި ޝުޖާއު އިއްޔެ ހައްޔަރު ކުރީ އިންޑިއާއިން ހަދިޔާ ކުރި ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އަޑު އުފުލައި ދަރުބާރުގޭ ކުރިމަތީގައި އިހުތިޖާޖުގެ ކުރަމުން ދަނިކޮށެވެ.
އިދިކޮޅުގެ ހަރަކާތްތައް އިތުރު ކުރަމުންދާއިރު މާދަމާ މުޅި ރާއްޖޭގައި އިހުތިޖާޖު ކުރަން ވެސް އަންނަނީ ތައްޔާރުވަމުންނެވެ.

