ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަދުރޭގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް އާދިއްތަ ދުވަހު!

އަބްދުއްރަހީމް އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ޕީއެންސީގެ ރައީސް އަދި އިކޮޅު ކޯލިނުގެ އެކްޓިން ލީޑަރ އަބްދުއްރަހީމް އަބްދުﷲގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް އާދިއްތަ ދުވަހަށް ތާވަލްކޮށްފިއެވެ.

އާދިއްތަ ދުވަހުގެ ހެނދުނު 09:00 އަށް ތާވަލުކޮށްފައިވާ މައްސަލައަކީ ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކުރި މައްސަލައިގައި އުފުލާފައިވާ ދައުވާގެ އަޑު އެހުމެކެވެ.

ހުތުރު ބަހުން ވާހަކަދެއްކެވި މައްސަލައިގައި، ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމްގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތަށް ކޯޓަށް ހާޒިރުވާން އޭނާއަށް ޗިޓު ފޮނުވައިފައިވަނީ މިމަހުގެ 10 ވަނަ ދުވަހުއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އޮކްޓޯބަރު 26، 2020 ގައި އަބްދުއްރަހީމްގެ މައްޗަށް އެ ދައުވާ އުފުލީ ކުރީގެ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ދުވަހު އެ ކޯޓުގެ ބޭރުގައި ހުންނަވައި ސަޕޯޓަރުންނާ ދެއްކެވި ވާހަކައެއްގައި ބޭނުންކުރެއްވި ހުތުރު ބަސްތަކަކަށް ބިނާކޮށެވެ.

ނޮވެމްބަރު 28، 2019 ގައި ކޯޓު ބޭރުގައި ހުންނަވައި އަބްދުއްރަހީމް ހުތުރު ބަސް ބޭނުންކުރެއްވީ ޔާމީންގެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންނަށް ނިސްބަތްކުރައްވަ އެވެ. އަދި ޕީޕީއެމްގެ ވެރިކަމެއްގައި އެ ފަސް ފަނޑިޔާރުން ޖަލަށް ލާނެ ކަމަށް ވިދާޅުވެ، އެ ދުވަހު އޭނާ އިންޒާރު ވެސް ދެއްވި އެވެ. އަބްދުއްރަހީމްގެ ވާހަކަތަކަކީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއްގެ ގޮތުގައި ބަލައިދޭން ފުލުހަށް ހުށަހެޅީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް ސާވިސް (ޑީޖޭއޭ) އިންނެވެ.

އަބްދުއްރަހީމްގެ މައްޗަށް ދައުވާކުރަނީ ޤާނޫނުލް އުޤޫބާތުގެ 615 ވަނަ މާއްދާގެ 3 ވަނަ ނަންބަރުގެ ދަށުންނެވެ. އެމާއްދާގައި ވަނީ އާންމު މަޞްލަޙަތަށް ގެއްލުން ހުރި ޢަމަލުކުރުމުގެ ކުށްތަކެވެ. އެގޮތުން އެމާއްދާގެ ތިންވަނަ ނަންބަރުގައި ބުނެފައި ވަނީ ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކުރުމާއި ހަޑިހުތުރު ޢަމަލުތައްކުރުރުމުގެ ކުށެވެ. އެއީ ޖުނަޙްގެ 4 ވަނަ ދަރަޖައިގެ ކުށެކެވެ.

އަބްދުއްރަހީމްގެ މައްޗަށް އެ ކުށް ސާބިތުވެއްޖެ ނަމަ އަދަބަކީ ގިނަވެގެން ތިން މަހަށް ޖަލަށް ލުމެވެ. އެންމެ ލުއި އަދަބަކީ ނުވަ ދުވަހުގެ ޖަލު ހުކުމެކެވެ. އެ ކުށުގެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހެވެ.

ދައުވާ އުފުލުމާ ގުޅިގެން އަބްދުއްރަހީމް ވިދާޅުވީ އެފަދަ ބޭކާރު ދައުވާތައް ކުރަނީ ސަރުކާރުން ގޮތް ހުސްވެގެން ކަމަށެވެ. އަދި ސަރުކާރުގެ މަގުސަދަކީ އިދިކޮޅުގެ އަޑު ކަނޑުވާލުން ކަމަށް ވިޔަސް އެކަން އެހެން ނުވާނެ ކަމަށް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ބޭނުން ކޮންމެ ދައުވާއެއް ވެސް ކުރަންވީ ކަމަށާއި އޭނާ ކޮންމެތާކު ހުއްޓަސް ކޮންމެ ދައުވާއެއް ކުރިޔަސް މި ސަރުކާރުން ކުރާ ގޯސް ކަންކަމާއި ދެކޮޅަށް އަޑު އުފުލާނެ ކަމަށެވެ. އަދި އޭނާގެ އަޑު އިބްރާހިމް މުހައްމަދު ސޯލިހަށް ކަނޑުވައެއް ނުލެވޭނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމްއަށް ކުރާ ދައުވާގެ އަޑުއެހުމެއް އާދިއްތަ ދުވަހަށް ތާވަލު ކުރެވިފައިވާއިރު، އިދިކޮޅު ފަރާތްތަކުން މިދުވަސްވަރު އަންނަނީ މާލޭގައި ސަރުކާރާއި ދެކޮޅަށް ސިލްސިލާކޮށް އިހުތިޖާޖުތަކެއް ކުރަމުންނެވެ. އޭގެ ތެރެއިން ދެ އެއްވުމަކުން އަބްދުއްރަހީމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.

މިމަހުގެ 27 ވަނަ ދުވަހު ދަރުބާރުގޭ ކައިރީގައި އިދިކޮޅު ފަރާތްތަކުން ބޭއްވި އެއްވުމުގެ ތެރެއިންވެސް އަބްދުއްރަހީމް ހައްޔަރުކޮށްފައިވެއެވެ. އެފަހަރު އޭނާ ވަނީ ދޫނިދޫއަށްވެސް ގެންގޮސްފައެވެ. އަދި މުއްދަތު ޖެހުމަށް ކޯޓަށް ގެންދިޔުމަށްފަހު ފުލުހުން ބުނީ އަބްދުއްރަހީމަކީ މުޖުތަމަޢުއަށް ހުރި ނުރައްކަލެއްކަމަށެވެ.

ފުލުހުން އެހެން ބުނި ނަމަވެސް ކްރިމިނަލް ކޯޓުންވަނީ އަބްދުއްރަހީމް ދޫކޮށްލުމަށް އަމުރުކޮށްފައެވެ. ކޯޓުން ބުނީ އޭނާ ހައްޔަރުކޮށްފައި ބަހައްޓަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި ޓްރެފިކަށް ދަތިކުރި ކަމުގެ ހެކި ހުރި ނަމަވެސް ދޫކޮށްލީ، ގާނޫނުއަސާސީގެ 49 ވަނަ މާއްދާ އާއި ޖިނާއީ އިޖުރާތުގެ ގަވައިދުގައި މީހުން ބަންދުގައި ބައިތިއްބަން ޖެހޭ ހާލަތްތަކުގެ ތެރެއިން ހާލަތަކަށް ނުފެތޭތީއެވެ.

ކޯޓު އަމުރުގައި ބުނީ، އަބްދުއްރަހީމްގެ ކިބައިން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތި ވެދާނެކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ. ނަމަވެސް މުޖުތަމައުގެ ސަލާމަތަށް ނުރައްކާވުމުގައި ރިއާޔަތް ކުރެވިދާނެ އެކަށީގެންވާ ސަބަބެއް ފުލުހުންނަށް ދެއްކިފައި ނުވާ ކަމަށް ކޯޓު އަމުރުގައި ބުނެއެވެ.

އަބްދުއްރަހީމް ވަނީ މިދިޔަ އޮގަސްޓް މަހު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިނާ ހިލާފަށް މާލޭގައި އިދިކޮޅުން ބޭއްވި އެއްވުމާ ގުޅުގެން ފުލުހަށް ހާޒިރުކުރުމުން ނޫސްވެރިންނާ ދެއްކެވި ވާހަކާގައި އަވަގުރާނަވެސް ގޮވައިފައެވެ.

އަބްދުއްރަހީމް އަވަގުރާނަ ގޮވީ ރާއްޖޭގެ ތާރީހާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ލިޔުއްވި “ދެ ރަދުން” ފޮތާ ގުޅޭ ގޮތުން ވާހަކަދައްކަވަމުންނެވެ.

“ދެން އެ ނެރުއްވައިގެން އުޅޭ ދެ ރ** ފޮތް *** ދެ ރަދުންގެ ފޮތް ބައްސަވަން ރެސްޓޯރެންޓުތަކަށާއި އެ ނޫން ތަންތަނަށް ވަޑައިގެން ވަޒީރުންނާއި އަމީރުންނާއި ނޫނިއްޔާ އެމްޑީންނާއި މެމްބަރުންނާ ބޭފުޅުން މޭޒުކޮޅު ކައިރީގައި ބައިތިއްބަވައިގެން ސޮއިކުރައްވާ ފޮތް ދެއްވާއިރު މާސްކް އެޅުއްވުމެއް ނެތް” އެދުވަހު އަބްދުއްރަހީމް ވިދާޅުވިއެވެ.

މީގެ އިތުރުން އިދިކޮޅު ކޯލިޝަނުން މިދިޔަ އަހަރުގެ އޮގަސްޓު 28 ވީ ހުކުރު ދުވަހު ބޭއްވި މުޒާހަރާގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިންތަކާ ހިލާފަށް އެއްވުން ބޭއްވުމުން އަބްދުއްރަހީމް ވަނީ 1،000ރ. އިން ޖޫރިމަނާވެސް ކޮށްފައެވެ.

އެކަމާއި ގުޅިގެން އަބްދުއްރަހީމް ވިދާޅުވީ، އެޗްޕީއޭގެ ގައިޑްލައިނާ ހިލާފުވި ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ފުލުހަށް ހާޒިރުކޮށް ޖޫރިމަނާކުރުމުން ސިފަވަނީ، ސަރުކާރަށް އާމްދަނީ ލިބޭނެ ގޮތެއް ނެތި، އިދިކޮޅު ފަރާތްތަކުގެ އަތުން ޖޫރިމަނާކޮށްގެން އާމްދަނީ ހޯދަން އުޅޭ ކަމެއްގެ ގޮތުގައި ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: