ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުންދާނަމަ ސިއްހީ ހިދުމަތްދޭ ތަންތަނަށް ނުކަތާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ބުނެފިއެވެ.
އެޗްޕީއޭ އިން ބުނީ މި އަހަރު ފެށުނީއްސުރެ ކޮވިޑް-19 ގެ ކޭސްތައް ހުރީ 50 އިން މަތީގައި ކަަމަށެެެެވެ. އަދި ފާއިތުވި ހަފްތާއަށް ބަލާއިރު އެ އަދަދުތައް ހުރީ 100 އިން މަތީގައި ކަމަށެވެ.
އެގޮތަށް ކޭސްތައް އިތުރުވުމަކީ ސިއްހީ ހިދުމަތްދޭ ތަންތަނަށް ނުކަތާވަރުވެދާނެ ކަމެއްކަން ފާހަގަކޮށް އެޗްޕީއޭ އިން ބުނީ އެކަމުގެ ސަބަބުން ކޮވިޑާއެކު އެހެން ބަލިތަކަށް ވެސް ފަރުވާދިނުމަށް ބުރޫއަރާނެ ކަމަށެވެ.
އެހެންކަމުން، ކޮވިޑުން ރައްކާތެރިވުމަށް ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.

