ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތުގެ ތިން ބާރުގެ ވެރިން ވެކްސިން ޖެއްސެވުމުން އިތުރު ސުވާލެއް ނެތް!

ސަރުކާރުގެ ހޯމް މިނިސްޓަރު، އިމްރާން އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުގެ ތިން ބާރުގެ ވެރިން ވެކްސިން ޖެއްސެވުމުން ވެކްސިން އާއި މެދު ސުވާލު އުފައްދާނެ ޖާގައެއް ނެތްކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ގައުމީ ވެކްސިން ޕްރޮގްރާމް މިއަދު ފަށާފައިވާއިރު، ރައީސް އިބްރާހީމް މުހަންމަދު ސޯލިހް އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހަންމަދުު ނަޝީދުގެ އިތުރުން އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވެސް ވަނީ ވެކްސިން ޖައްސަވާފައެވެ.

މިކަމާއި ގުޅިގެން މިނިސްޓަރ އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކޮވިޑް ވެކްސިންް ދިވެހިން ޖަހަން ފެށުމަކީ، ކޮވިޑް 19 އިން ދިވެހިން ސަލާމަތް ކުރިމަށް ރައީސް ސޯލިހް ފެއްޓެވި މަސައްކަތައްް ލިބުނު އެންމެ ބޮޑު ކާމިޔާބީ ކަމަށެވެ.

މީގެ އިތުރުން އިމްރާން ވިދާޅުވީ ދައުލަތުގެ ތިން ބާރުގެ ވެރިން ވެކްސިން ޕޮރޮގުރާމްގައި ބައިވެރިވުމުން ވެކްސިން އާއިމެދު ސުވާލު އުފައްދާނެ ޖާގައެއް ނެތްކަމަށެވެ.

މި ބޭފުޅުންގެ އިތުރުން ދައުލަތުގެ އިސް އެހެން ބައެއް ބޭފުޅުން ވެސް އަންނަނީ ކޮވިޑް ވެކްސިން ޖައްސަވަމުންނެވެ. އޭގެ ތެރޭގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ވެކްސިން ޖައްސަވާފައިވަނީ އައިޖީއެމްއެޗްގެ މެޑިކަލް އޮފިސަރ ޑރ. ޝިރާނީ އަބްދުއްރަހީމް އެވެ. މީގެ އިތުރުން ވެސް ބައެއް ސިއްހީ ހިދުމަތްތެރިންނާއި ހައި ރިސްކު ބޭފުޅެއް ވެސް ހިމެނެއެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: