މ. ކޮޅުފުށިން އިތުރު ހަތް މީހަކު މިއަދު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
ކޮޅުފުށިން މިއަދު ޕޮޒިޓިވްވި ހަތް މީހުންނާ އެކު އެރަށުން ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 33 އަރާފައެވެ.
އަދި ކޮޅުފުށިން 10 ހައިރިސްކު މީހުން ޕޮޒިޓިވްވެފައިވާއިރު އުމުރުން 4 އަހަރުން ދަށް 3 ކުޑަ ކުއްޖަކަށް ވަނީ މިހާރު ކޮވިޑް ޖެހިފައެވެ.
ކޮޅުފުށީ ކްލަސްޓާ އިން 33 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، އެޗްޕީއޭ އިން ވަނީ މިދިޔަ މަހުގެ ފަހެއްގެ ފަހުން އެ ރަށުން އަތޮޅު ތެރޭގެ އެއްވެސް ރަށަކަށް ދަތުރުކޮށްފައިވާ މީހުން އެކަން އަންގަން އެންގުމަށް އެދިފައެވެ. އަދި އެ މުއްދަތުގައި އެ ރަށުން ދަތުރުކުރި މީހުންގެ ތެރެއިން ކަރަންޓީން ފުރިހަމަ ކުރިޔަސް، ކޮވިޑް-19 އަށް ޓެސްޓްކޮށް ނަތީޖާ ލިބެންދެން ކަރަންޓީނުގައި މަޑުކުރަން ވެސް އެޗްޕީއޭ އިން އެދެއެވެ.

