ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިއްޔެ 282 މީހަކު ވެކްސިން ޖެހި!

ޝެއާރކޮށްލާ ކަހަލަދޯ؟

އިއްޔެ 282 މީހަކު ކޮވިޑް ވެކްސިން ޖަހާފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.

އެޗްއީއޯސީން ބުނީ އިއްޔެ 282 މީހަކަށް ކޮވިޑް ވެކްސިން ދީފައިވާ ކަމަށާއި އެގޮތުން މާލޭ ސަރަހައްދުގެ ހަ ތަނެއްގައި ވެކްސިން ޖެހުން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ހދ. ކުޅުދުއްފުއްޓާއި އައްޑޫ ސިޓީ ހިތަދޫގެ އިކްއެޓޯރިއަލް ހޮސްޕިޓަލުގައި ވެސް މިއަދު ވެކްސިން ޖަހަން ވަނީ ފަށާފައެވެ.

ރާއްޖޭގައި ވެކްސިން ޖެހުމުގެ ޕްރޮގްރާމް އިއްޔެ ހެނދުނު ވަނީ ފަށާފައެވެ. އެގޮތުން މިއަދު ވެކްސިން ޖެއްސެވި ބޭފުޅުންގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދާއި އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވަނީ ވެކްސިން ޖައްސަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: