ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއަށް ކޮވިޑްގެ ތިންވަނަ ރާޅެއް އަރައިފި!

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: އައިޖީއެމްއެޗްގެ ޑޮކްޓަރު ޑރ. މުހައްމަދު އަލީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް ކޮވިޑް-19 ގެ ތިންވަނަ ރާޅެއް އަރައިފިކަމަށް އައިޖީއެމްއެޗް ގެ އެތެހަށީގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރު ޑރ. މުޙައްމަދު ޢަލީ ވިދާޅުވެއްޖެއެވެ.

ޑރ. މުހައްމަދު އަލީ ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިހާރު ރާއްޖެއިން ފެންނަމުން ދަނީ ކޮވިޑްގެ ތިންވަނަ ރާޅު ކަމަށާއި މިއީ އެކަކު އަނެކަކަށް އިނގިލި ދިށްނުކޮށް، އެންމެން ގުޅިގެން ތިންވަނަ ރާޅުންވެސް ސަލާމަތްވާން މަސައްކަތް ކުރަންވީ ވަގުތު ކަމަށެވެ.

ޑރ. މުހައްމަދު މިހެން ވިދާޅުވެފައި ވަނީ ކޮވިޑް-19 އަށް ރާއްޖެއިން އިއްޔެ އިތުރު 215 މީހުން ޕޮޒިޓިވް ވުމާ ގުޅިގެންނެވެ.

މި ރެކޯޑު އަދަދެއް ކަމަށްވާއިރު މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 159 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 16،056 އަށް އަރާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: