ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއީ އެޗްޕީއޭ އާއި ހެލްތު މިނިސްޓްރީ އިތުރަށް އިޖުރާތު އުފައްދަންވީ ވަގުތެއް ނޫން: ނަޝީދު

ޝެއާރކޮށްލާ ކަހަލަދޯ؟

މިއީ އެޗްޕީއޭއާއި ހެލްތު މިނިސްޓްރީ އިތުރަށް އިޖުރާތު އުފައްދަންވީ ވަގުތެއްނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ ކޮވިޑް-19 ވެކްސިނާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ދައްކަވަމުންދާ ވާހަތަކާ ގުޅިގެންނެވެ.

އެގޮތުން ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަނެއްކާ ސްކޫލުތައް ބަންދުކޮށް، ބޯޑަރުތައް ބަންދު ކުރުމަކީ އެންމެ ބުއްދިވެރި ގޮތެއްނޫން ކަމަށާއި އަވަހަށް ވެކްސިން ޖަހައި ކޯވިޑް ކޮންޓްރޯ ކުރުން އަވަހަށް ބޭނުންތެރި ކަމަށެވެ.

“މިއީ އެޗްޕީއޭއާއި ހެލްތު މިނިސްޓްރީގެ އިޖުރާތު އުފައްދަންވީ ވަގުތެއްނޫން. ބުއްދި ބަހައްޓަވާ.” ނަޝީދު ވިދާޅުވިއެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖެއިން އިއްޔެ ވެކްސިން ޖަހަން ފަށާފައިރު، ދައުލަތު ތިންބާރުވެ ވެރިން ވަނީ ވެކްސިން ޖައްސަވާފައެވެ.

ބްރޯޑްކޮމް އިން ރޭ ނެރުނު ބަޔާނެއްގައި ވަނީ ރާއްޖޭގައި ކޮވިޑް-19 ވެކްސިން ޖަހަން ފެށުމާ ގުޅިގެން، އެކަމާ ގުޅޭ މަޢުލޫމާތު ބްރޯޑްކާސްޓްކުރުމުގައި ޢާންމުންގެ މެދުގައި ހާސްކަމާއި ނުތަނަވަސްކަން އުފެދޭ ގޮތަށް ސާބިތު ނުހިފޭ މަޢުލޫމާތު ގެނެސްދިނުމުން އެއްކިބާވުމަށާއި، މިކަމާ ގުޅޭ އެންމެހައި ކޮންޓެންޓް ގެނެސްދިނުމުގައި ޒިންމާދާރު ނޫސްވެރިކަން ކުރިއަށް ނެރުމަށް އިލްތިމާސްކުރާ ކޮށްފައެވެ.

– ރައީސް ނަޝީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: