ވައްކަމާއި ކޮރަޕްޝަން މި ސަރުކާރުގައި ވެސް އެބައޮތް ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
ރޭ ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަމުން އާޒިމް ވިދާޅުވީ މި ސަރުކާރުގައި ވެސް ގޯސްކޮށް ހިނގާ ކަންކަން އެބަހުރި ކަމަށެވެ.
”ވައްކަން ވެސް ހިނގާ، ކޮރަޕްޝަން ވެސް އެބަ ހިނގާ. ޔަގީންތާ ހިނގާނެކަން. އާޒިމް ވިދާޅުވިއެވެ.
މި ސަރުކާރުގައި ވައްކަމާއި ކޮރަޕްޝަން އޮތް ނަމަވެސް އެފަދަ ކަންކަން ކުރާ ނިސްބަތް މި ސަރުކާރުން މަދުކޮށްފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ..
މިދިޔަ ސަރުކާރަށް ފާޑު ވިދާޅުވަމުން އާޒިމް ވަނީ އެ ސަރުކާރުން ބްރިޖު އަޅަން ވެސް ނަގާފައި ހުރީ ތިން ބްރިޖު އަޅަންދާހާ ފައިސާ ކަމަށާއި އޭގެ ސަބަބުން ޗައިނާ ސަރުކާރައް އެތައް ގުނައަކުން ފައިސާ ދައްކަން ޖެހިފައިވާ ކަމަށް ވިދާޅުވެފައެވެ.

