މިޔަންމާގެ އަސްކަރީ ސަރުކާރުން އެގައުމުގައި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބޭނުން ނުކުރެވޭ ގޮތް ހަދައިފި އެވެ.
މިދިޔަ ހޯމަ ދުވަހު ބަޣާވާތަކުން މިޔަންމާގެ ސަރުކާރު ބަދަލުކޮށްލި އަސްކަރިއްޔާއިން އެގައުމުގައި ސޯޝަލް މީޑިއާ ބޭނުން ނުކުރެވޭ ގޮތް ހެދީ، އާ ސަރުކާރާ ދެކޮޅަށް އަޑު އުފުލުމުގެ ގޮތުން އެގައުމުގެ ގިނަ އަދަދެއްގެ މީހުން ސޯޝަލް މީޑިއާ ބޭނުން ކުރަމުން ދަނިކޮށެވެ.
މިޔަންމާގެ ކޮމިއުނިކޭޝަން މިނިސްޓްރީން ބުނި ގޮތުގައި ސޯޝަލް މީޑިއާ ބޭނުން ކުރުމަށް އަޅާފައިވާ ހުރަސްތައް އަންނަ އާދިއްތަ ދުވަހާ ހަމަޔަށް ދެމި އޮންނާނެ އެވެ.
މިޔަންމާގެ ސަރުކާރުން މީގެ ކުރިންވެސް އެގައުމުގެ އެކި ސަރަހައްދުތަކުގައި އިންޓަނެޓު ބޭނުން ނުކުރެވޭ ގޮތް ހަދާފައިވެ އެވެ.

