ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެކްސިން ޖެހި އެއްވެސް މީހަކަށް ސީރިއަސް މައްސަލައެއް ދިމާނުވޭ

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން ކޮވިޑް-19 ވެކްސިން ޖެހި އެއްވެސް މީހަކަށް ސީރިއަސް މައްސަލައެއް ދިމާވެފައި ނުވާ ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

ރާއްޖެއިން މިހާތަނަށް 9،000 ވުރެ ގިނަ މީހުންނަށް ކޮވިޑް ވެކްސިން ޖަހާފައިވެއެވެ.

އެޗްއީއޯސީގެ ތަރުޖަމާން ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ ރާއްޖެއިން ވެކްސިން ޖެހި މީހުންގެ ތެރެއިން ބައެއް މީހުންނަށް ކުދިކުދި ކަންކަން ދިމާވެފައިވާ ކަމަށެވެ.

އަދި އިއްޔެ ވެކްސިން ޖެހި މީހުންގެ ތެރެއިން ދެ މީހަކަށް ކަރުތެރެއަށް އުނދަގޫވުމާއި ހިތް އަވަސް ވުމުގެ މައްސަލަތަކެއް ދިމާވެފައިވާ ކަމަށެވެ. ނަމަވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހޭ ފަދަ ހާލަތެއް ދިމާވެފައިނުވާ ކަމަށެވެ.

ރާއްޖެއިން މިހާތަނަށް 9،000 ވުރެ ގިނަ މީހުންނަށް ކޮވިޑް ވެކްސިން ޖަހާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: