ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީސީއަށް އައްޔަން ކުރަން ޑރ. ޒާހިރުގެ ނަން ފޮނުއްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ހުސްވެފައިވާ މެމްބަރު ކަމަށް އައްޔަން ކުރެއްވުމަށް މާލޭ ހިޔާ 18-3 ޑރ. މުޙައްމަދު ޒާހިރުގެ ނަން ރައީސް އިބްރާހީމް މުޙައްމަދު ސާލިހުގެ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

އީސީގެ މެމްބަރު ކަމަށް ބޭފުޅަކު އައްޔަން ކުރައްވަނީ ކުރިން އެ ތަނުގެ މެމްބަރަކަށް އަދި ނާއިބު ރައީސްކަމުގައި ހުންނެވި އަޙުމަދު އަކްރަމް އިސްތިއުފާ ދެއްވުމުންނެވެ. އޭނާ އިސްތިއުފާ ދެއްވީ އޭނާއަށް ތުހުމަތުކޮށް އީސީގެ މުވައްޒަފުންތަކެއް މަޖިލީހަށް ހުށަހެޅި މައްސަލައެއް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ބަލަން ފެށުމުންނެވެ.

އީސީން ހުސްވެފައިވާ މަގާމަށް ޑރ. ޒާހިރު ނޫނަސް ބޭފުޅުން ކުރިމަތި ލެއްވިއެވެ. އެހެންނަމަވެސް ރައީސް ބޭނުންފުޅުވަނީ ޑރ. ޒާހިރު އެ މަގާމަށް އައްޔަން ކުރެއްވުމަށެވެ.

ރައްޔިތުންގެ މަޖިލީހަށް ރައީސް މިއަދު ފޮނުއްވި ސިޓީގައި ޑރ. ޒާހިރުގެ އިތުރުން އެމަގާމަށް ކުރިމަތި ލައްވާފައިވާ އެހެން ބޭފުޅުންގެ ނަންތައް ވެސް ވަނީ ހިމަނުއްވައިފައެވެ. އެހެންނަމަވެސް އެއީ ކިތައް ބޭފުޅުން ކަމެއް އެނގިފައެއް ނުވެއެވެ.

އީސީ އަށް އައްޔަން ކުރަން ރައީސް ފޮނުއްވި ނަން ދިރާސާ ކުރުމަށްޓަކައި މިއަދުވަނީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: