ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލާމަރުކަޒީ އިންތިހާބުތަކުގައި ގައުމުން ބޭރުގައި ވޯޓުފޮށި ބެހެއްޓުމަކީ ގިނަ ގައުމުތަކުގައި ކޮށްއުޅޭކަމެއް ނޫން: އަކްރަމް

އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ނައިބް ރައީސް އަހުމަދު އަކްރަމް
ޝެއާރކޮށްލާ ކަހަލަދޯ؟

ލާމަރުކަޒީ އިންތިހާބު ތަކުގައި ގައުމުން ބޭރުގައި ވޯޓުފޮށިބެހެއްޓުމަކީ ގިނަ ގައުމު ތަކުގައި ކޮށްއުޅޭ ކަމެއްނޫން، ކަމަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ނައިބް ރައީސް އަހުމަދު އަކްރަމް ވިދާޅުވެއްޖެއެވެ.

އަކްރަމް މިހެން ވިދާޅުވީ އޭޕްރީލް މަހު ބާއްވަން ނިންމާފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ވޯޓު ފޮށިތައް އިނގިރޭސިވިލާތާ މެލޭޝިޔާ ގައި ބެހެއްޓުމުގެ ފުރުސަތު ނެތް ކަމަށް ފޮރިން މިނިސްޓްރީން ހާމަކުރުމާއި ގުޅިގެންނެވެ.

އަކްރަމް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ލާމަރުކަޒީ އިންތިހާބު ތަކުގައި ގައުމުން ބޭރުގައި ފޮށިބެހެއްޓުމަކީ ގިނަ ގައުމުަ ތަކުގައި ކޮށްއުޅޭ ކަމެއްނޫނާ އަދި ގައުމުން ބޭރުގައި ވޯޓުފޮށި ބެހެއްޓުމަކީ ލާމަރުކަޒީ ރޫހާއި އެއްމެ އެއްގޮތް ކަމެއްވެސް ނޫން ކަމަށެވެ. އެގޮތުން ލާމަރުކަޒީ އިންތިހާބު ތަކުގައި ވޯޓުލަނީ އެމީހަކު ދިރިއުޅޭ ރަށަކަށްކަން އަކްރަމް ފާހަގަ ކުރެއްވިއެވެ.

މީގެއިތުރުން އަކްރަމް ވިދާޅުވީ ލާމަރުކަޒީ އިންތިހާބުތަކުގައި ގައުމުން ބޭރުގައި ވޯޓުފޮށި ބެހެއްޓުމަކީ އިންތިހާބުގެ ސިއްރުކަން ގެއްލި އިންތިހާބުގެ ހަރަދު ވެސް އެތައް ގުނައަކަށް ބޮޑުވެގެން ދާނެ ކަމެއް ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރިން ނިންމާފައި އޮތީ މެލޭޝިޔާގެ ވެރިރަށް ކުއަލަލަމްޕޫރްގެ އިތުރުން އިނގިރޭސިވިލާތުގެ ލަންޑަނުގައި ވޯޓު ފޮށި ބެހެއްޓުމަށެވެ. ކެއޭލް ގައި ބަހައްޓާ ފޮއްޓަށް ވޯޓުލާން 750 މީހަކު ރަޖިސްޓްރީ ވެފައިވާއިރު ލަންޑަނުގައި ބަހައްޓާ ފޮއްޓަށް ވޯޓުލާން 400 މީހަކު ވަނީ ރަޖިސްޓްރީވެފައެވެ. އެހެންކަމުން ލަންޑަނާއި ކޭއެލްގައި ވޯޓުފޮށި ނުބަހައްޓަން ނިންމި ނިންމުމާއި ގުޅިގެން 2000 މީހަކަށް ވޯޓުލުމުގެ ފުރުސަތު ގެއްލިގެންދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: