ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބައެއް ދީނީ އިލްމުވެރިންގެ އިރުޝާދުތަކާމެދު ރައްޔިތުން ސުވާލު އުފައްދާ: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ދީނުގެ ޢިލްމު އުނގެނިގެން ތިބި ބައެއް ދީނީ އިލްމުވެރިންގެ އިރުޝާދުތަކާމެދު ރައްޔިތުން ސުވާލު އުފައްދާ ކަމަަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މިއުޒިކަށް އޮތް އިސްލާމް ދީނުގެ ހުކުމާ ގުޅޭ ގޮތުން މަޖިލީހުގައި ތިއްބެވި ބައެއް މެންބަރުން ދެއްކި ވާހަކަތަކާ ގުޅިގެން ބައެއް ދީނީ އިލްމުވެރިން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ބުނީ ދީނީ ހުކުމްތައް ބަޔާން ކުރުމަކީ އެ މިނިސްޓްރީއިން ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ދޫކޮށްފައިވާ ދީނީ އިލްމުވެރިންގެ ޒިންމާއެއް ކަމަށެވެ.

މިކަމާ ގުޅިގެން ރައީސް ނަޝީދު މިއަދު ވިދާޅުވީ މަޖިލިސްގައި އެ ޤަރާރަށް ބަހުސް ކުރެއްވި ބޭފުޅުން ދީނާއި ޚިލާފް ވާހަކައެއް ނުދައްކާކަމަށެވެ.

ނަޝީދު ވިދާޅުވީ އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ ވާހަކަފުޅުތަކުގައި ވެސް އަދި ރައްޔިތުންގެ މެދުގައި ވެސް ދެކެވޭ އެއް ވާހަކައަކީ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ލިބިފައިވާ މިފަދަ ބައެއް އިލްމުވެރިން ދެއްވާ އިރުޝާދަކީ ޖިންސީ ގުޅުމުގެ އިރުޝާދު ކަމަށެވެ.

“އަޅުގަނޑު އިއްޔެ މި މަޖިލީހުގައި މެންބަރުން ވާހަކަ ދައްކަވަނިކޮށް އަޅުގަނޑު އަޑު އެހިން، ހުއްދަ ލިބިވަޑައިގެންނެވި ތިއްބެވި ބައެއް ބޭފުޅުން ދެއްވާ އިރުޝާދަކީ ޖިންސީ ގުޅުމުގެ އިރުޝާދު ކަމަށް، އެހެންވީމަ އެ ބޭފުޅުންގެ އިރުޝާދުތައް ކޮން މިންވަރަކަށްތޯ ރައްޔިތުން ބަލައިގަންނާނީ، އެއީ އަޅުގަނޑުމެންނަށް އުނދަގޫ ވެފައިވާ ކަމެއް ކަމަށް އިއްޔެ މި މަޖިލީހުގައި އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ،” ނަޝީދު ވިދާޅުވިއެވެ.

އިއްޔެ މަޖިލީހަށް ހުށަހެޅުނު ޤަރާރާއި ގުޅިގެން ރާއްޖޭގެ ދީނީ ގިނަ އިލްމުވެރިންގެ ބޮޑެތި ފާޑުކިޔުންވަނީ މިކަމަށް އަމާޒު ވެފައެވެ. އަދި ޚާއްސަކޮށް މެމްބަރުން ދެއްކެވި ވާހަތަކުގައި އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ ހުކުމްތަކާއި ފުށު އަރާގޮތައް ދެއްކެވި ވާހަތަކަކީ ރާއްޖޭގެ އިސްލާމީ މުޖުތަމައުގައި ދީނީ އަޤީދާ ބަލިކަށި ކޮށްލުމަށް ދެއްކެވި ވާހަތަކެއްގެ ގޮތުގައި އިލްމުވެރިން ވަނީ ސިފަ ކުރައްވާފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ސުވާލު އުފައްދަނީ މަނިކުފާނާއި އެމްޑީއެންގެ ބައިގަނޑާއި އެމީހުންގެ އައުވާނުން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: