ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއުޒިކަކީ ގިނަ ދިވެހިންގެ އާންމު ދިރިއުޅުމާ ގުޅިފައިވާ ކަމެއް: ނަޝީދު

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

މިއުޒިކްއަކީ ގިނަ ދިވެހިންގެ އާންމު ދިރިއުޅުމާ ގުޅިފައިވާ ކަމެއް ކަމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، މިއުޒިކްއަކީ ގިނަ ދިވެހިންގެ އާންމު ދިރިއުޅުމާއި ގުޅިފައިވާ ކަމެއް ކަމަށާއި، ބައެއްގެ އާންމު ދިރިއުޅުން ހަރާމް ކަމަށް ގޮވުމަކީ އެ ބައެއްގެ މުޖުތަމައު ރޫޅާލުމަށް ހިންގާ މަސައްކަތެއްކަމަށެވެ.

އަދި އެކަމަކީ ދިވެހިން ނިކަމެތި ކުރަން ހިންގާ އަމަލެއް ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިމިވަނީ، “މިއުޒިކް ކުޅެ އަޑު އަހައި މަޖާ ކުރާނެ ތަނެއް” ހަދަން ގޮވާލާ ގަރާރަކަށް ރައްޔިތުންގެ މަޖިލީހުގައި ހޯމަ ދުވަހު ބަހުސްކޮށް ބައެއް މެންބަރު ދެއްކެވި ވާހަތަކާ ގުޅިގެން ރާއްޖޭގެ އިލްމުވެރިންގެ ތެރެއިން ގިނަ ބޭފުޅުން ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށެވެ.

މި ގޮތުން މިއުޒިކަކީ ހުއްދަ ކަމެއް ނޫން ކަމުގައި މިފަދަ ބައެއް އިލްމުވެރިން ވިދާޅުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: