ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕާސްޕޯޓް ދޫކޮށްލަން އަމުރު ނެރުނީ އަލީ ވަހީދު އެދިގެން: ކްރިމިނަލް ކޯޓު

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލީ އޭނާ އެދިގެންކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.

ޖިންސީ އަނިޔާއާއި ފުރައްސާރައިގެ ގިނަ ތުހުމަތުތަކެއް ކުރެވި ބޮޑެތި ދައުވާތަކެއް އުފުލިފައިވަ އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލުމުން އޭނާވަނީ ރާއްޖެ ދޫކުރައްވައި އިނގިރޭސިވިލާތަށް ފުރާވަޑައިގެންފައެވެ. ފުރާވަޑައިގެންނެވީ ބޭސްފަރުވާއަށް ކަމުގައި ވިދާޅުވެއެވެ.

އެކަމާ ގުޅިގެން ކްރިމިނަލް ކޯޓުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނެފައިވަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޢަމުރުގައި، ޢަމުރަށް އެދުނު ފަރާތެއްގެ ގޮތުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ލިޔެވިފައިވަނީ ލިޔުމުގެ ކުށަކުން ކަމަށެވެ.

އަދި ފުރުން މަނާކުރުމުގެ ޢަމުރު ބާޠިލްކޮށްދިނުމަށް އެދިފައިވަނީ ޢަލީ ވަޙީދުގެ ފަރާތުންކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ.

އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލަން ކޯޓުން އަމުރު ނެރެފައިވަނީ ބޭސްފަރުވާ އަކަށް ފުރުމުގެ ގޮތުންނެވެ. އެގޮތުން އަލީ ވަހީދު ވަޑައިގެންފައިވަނީ އިނގިރޭސިވިލާތަށް ކަމަށްވާއިރު މިއީ އޭނާ މީގެ ކުރިންވެސް ހިމާޔަތް ދީފައިވާ ގައުމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: