ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަކަރާތަކަށް ހަދާ އެންމެން މަގުމައްޗަށް، ކޮވިޑަށް އީދެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް19 ގެ އިތުރު ރާޅެއް އަރާ ސިއްހީ ނިޒާމަށް ނުކަތާވަރަށް ބަލި ފެތުރެން ފެށުމުން އެޗްޕީއޭއިން މިވަނީ ފިޔަވަޅުތައް ހަރުކަށިކޮށްފައެވެ.

ދުވާލަކަށް 200 އެއްހާ މީހުން ކޮވިޑަށް ޕޮޒިޓިވްވެ، ހޮސްޕިޓަލުގެ އެނދުތައް ފުރި، ސިއްޙީ މާހިރުންގެ ކަންބޮޑުވުން އިންތިހާއަށް އުފުލަމުންދާ މި ދަނޑިވަޅުގައި އާންމުންގެ ފަރާތުން ފެންނަނީ ވަރަށް އާދައިގެ މަންޒަރެކެވެ.

ހަވީރު ހަޔަކުން ފަތިހު ހަަޔަކަށް އުޅަނދު ދުއްވުން މަނާކޮށް، ރޭގަނޑު 23:00 ގެ ފަހުން ބޭރަށް ނިކުމެ އުޅުން މަނާކުރުމުން ދިވެހިންނަށް ހީވަނީ ޢީދެއް ލައްވާލިހެންނެވެ.

އިރު އޮއްސުމުން، ޖޯޑު ޖޯޑަށް، ގުރޫޕު ގުރޫޕަށް، މުޅި އާއިލާ އެއްކޮށް ނިކުމެ މަޖީދީ މަގު އެއްކޮޅުން އަނެއްކޮޅަށް ބުރު ޖަހަމުންދާއިރުގައި މި ގަޑިތަކުގައި ވެހިކަލް ދުއްވުން މަނާކުރި ހަގީގީ ސަބަބު ހަމަ ނުވިސްނެނީ ހެއްޔެވެ؟

އެއްބަޔަކު އަނެއްބަޔަކާއި ވާދަށް، މަގުގެ މެދުން، ސަޅި ބައިސާ ކަނޑަމުން ދާއިރުގައި ސިއްޙީ ނިޒާމަށް “ނުޗަލާވަރުގެ” ބުރަކަމެއް އައިސް މި ނިޒާމު ހުއްޓި ފަރުވާދޭން ޖެހޭ އެންމެނަށް ފަރުވާ ނުދެވޭ ހިސާބަށް ގައުމު ދިޔުމުން ދެން ވާނެ ގޮތަކާއި މެދު ހަމަ ވިސްނާލަން ބޭނުންވެސް ނުވަނީހެއްޔެވެ؟ މަޖީދީމަގު ހީވަނީ ނައިޓް މާކެޓެއް ބާއްވައިގެން އުޅޭ ހެންނެވެ.

ވަކިވަގުތަކު ވެހިކަލް ދުއްވުން މަނާކުރީ މީހުން އެއްތަނުން އަނެއްތަނަށް ހެލިފެލިވެ އުޅޭ އުޅުން ހުއްޓުވުމަށެވެ. ވެހިކަލްތައް މަނާކުރުމުން ގިނަ ބަޔަކު ގޭގައި މަޑު ކުރާނެތީއެވެ. އަދި އެކަމުގެ ސަބަބުން ސިއްޙީ މާހިރުންގެ މަސައްކަތަށް ފަސޭހަވެ، ލުއި ލިބި ކޮވިޑް ފެތުރުން ކޮންޓްރޯލު ކުރުމުގައި ހުރި ގޮންޖެހުންތައް ކުޑަވާނެތީއެވެ.

ނަމަވެސް ބައެއް ދިވެހިންނަށް މިކަން ވީ ބޮޑު އީދެއް އައުންފަަދަ ކަމަކަށެވެ. މިކަން ރޭގަނޑު މާލޭގެ މަގުތަކަށް ބަލާލުމުން ޔަގީންކުރެވެއެވެ. އާއިކެވެ. ވެހިކަލްތައް މަދެވެ. ނަމަވެސް މީހުންތައް ފުރި ބާރުވެފައެވެ. ޒުވާން ޖިންސުއްލަތީފުން ދެއަރިއަށް މޭކަޕްކޮށްގެން މަގުގެ މެދުން ދެކޮޅަށް ހިނގާ ނަގަނީއެވެ.

މީހުން މަގުތަކަށް ނުކުންނާތީވެ، އެކަމާއި އެޗްޕީއޭއަށް ޖޯކު ޖަހާ މީހުން ޖޯކު ޖަހަންވީ ފަރުދީ ޒިންމާއެއް ނެތި، އުޅުމެއް އަދަބެސް ސަދަބެއް ނެތް މީހުންނަށެވެ. ކޮންމެ ފިޔަވަޅެއް އެޅިނަމަވެސް އެ ފިޔަވަޅަށް އަމަލު ކުރާނެ ބަޔަކު ނެތް ތަނެއްގައި ބަލިފެތުރުން ކޮންޓްރޯލުކުރަން ދަތިވާނެއެވެ.

މިއަދު މި ފެންނަނީ އެ މަންޒަރެވެ. ކޮވިޑަށް ޚާއްސަކޮށްފައިވާ ހޮސްޕިޓަލުތަކުގެ އެނދުތައް ފުރެނީއެވެ. ކޮވިޑް ޖެހޭ މީހުންގެ އަދަދު އިންތިހާއަށް އިތުރުވަނީއެވެ. ކަންކަން ފާއްލުން ނައްޓައިފިއެވެ. އަޑެއް އަހާނެ ބަޔަކު ނެތެވެ. އެންމެނަށް މިކަން ވެފައިވަނީ ބޮޑު ސަކަރާތަކަށެވެ.

ވަރަށް ގަދަ
10%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 7%ހައިރާންވެއްޖެ 13%ވަރަށް ދެރަ 20%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ކޮވިޑް ޖޯކަކަށް ހެދީ ތިޔަ ލިޔުންތެރިޔާ ފޮރުވާ ހިމާޔަތް ކުރަމުންދާ ސިޔާސީ ފަރާތްތައް، ކީއްވެގެން ތޯ ތިޔަ ލިޔުން ތެރިޔާއަށް ކިޔައި ނުދެވުނީ އެތަކެއް މިލިޔަނުން އެހީ ލިބުނު އިރު ސިއްހީ ނިޒާމު ވަރުގަދަ ކުރަން ފިޔަވަޅެއް ނޭޅިފަ އޮތީ؟ އެންމެ މިވެނި ވަރެއްގެ އެނދު ހުރިކަމަށް ބުނީމަ އެ ލިބުނުހާ އެހީ އާއި ފައިސާއިން ކީއްތޯކުރީ؟ ދޯހަޅި ސިސްޓަމެއް ގާއިމްކޮށް ކޮވިޑްގަ އެއް މަހަށް ވުރެ ގިނައިން ގޭގައި ގިނަ މީހުން ތިބި އިރު މައިތިރި ނުވި އެއްޗެއް މި ގޮތަށް ކަންކުރުމުން ހައްލު ވަނީތޯއެވެ؟ ލިޔުންތެރިޔާ ހަމައެކަނި ރައްޔިތުންނަށް އިނގިލި ދިއްކޮށްފައި އޭގެ އަނެއް ފަރާތް ގެނެސްދޭން ނޭންގި ނުވަތަ އެހެނިހެން ސަބަބަކާއި ހުރެވެސް އަސްލު ގޯސް ހަދާ ފަރާތްތައް ބަރީއަ ކޮށްފައި މިލިޔުން ތިޔަ ލިޔެލީ ވަރަށްވެސް ފުރިހަމަކޮށް، ސަރުކާރު މަތީ ފަޑީގައި ތިއްބެވި ބޭފުޅުން ބޭނުން ގޮތަކަށް އުޅުމުން އެމީހުން ގަޔަށް ބަލި ނާރާ އާންމުން ގެ ގަޔަށް އެކަނި އަރާއެއްޗަކަށް ހަދައިގެން އުޅުންވާ ބޭފުޅުންގެ ފަރުދީ ޒިންމާގެ ވާހަކަ ނުދައްކަނީ ކީއްވެތޯ؟ އާންމު މީހާ އެކަނިތޯ ފަރުދީ ޒިންމާ ނަގަން ޖެހެނީ؟ ވެރިން ފަރުދީ ޒިންމާ ރަނގަޅު ގޮތުގައި ނެގިނަމަ (މިސާލަކަށް ނިއުޒިލެންޑް) މިކަން ވަރަށްވެސް ރަނގަޅަށް ކޮންޓްރޯލް ކުރެވުނީސް، އެކަމަކު މިޤައުމުގަ ބެލީ ލިބުނުހާ އެހީ އާއި ފައިސާ ބޮޑުންނަށް ބައި އެޅު، ހެލްތް ސިސްޓަމް ސިޔާސީވެ، އެނދާއި ވެންޓިލޭޓަރތައް ގެއްލި އިތުރު ރަނގަޅެއް ނައިސް އޮތްކަން؟ މިކަންކަން ވިސްނާ ފިކުރު ކުރަން ކެރޭ ބަޔަކަށް ވިސްނޭނެ، ސަރުކާރުގެ ވެރިންވެސް ކުއްވެރިވޭ، ހަމަ އެއާއި އެއްވަރަށް އާންމު މީހާވެސް ކުއްވެރިވޭ، އަދިވެސް ވާނުވާގަ އެޗް.ޕީ.އޭ އާއި އެ އެން.އީ.އޯ.ސީ އެއްގެ އެތަކެއް ދޯހަޅި ކަންނަން އަހަރެއް ވާން ކައިރިވީ އިރުވެސް ހައްލުނުވެ އެތަކެއް ކަމެއް އެބައޮތް… ލިޔުންތެރިޔާ އެވާހަކަތައް ނުދައްކާ ނުވަތަ ބޮޑުން ވީމަ އެވާހަކަ ނުލިޔެ މި ލިޔުން ޝާއިރު ކުރީތީވެ ހިތާމަ ކުރަން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: