ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލް އިންތިހާބުގެ ތާރީހަށް ބަދަލެއް ނުގެންނާނަން: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި އޮތް ތާރީހަށް ބަދަލެއް ނުގެންނާނެ ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޤާނޫނަށް ގެނެސްފައިވާ އިސްލާހުތަކުގެ ތެރެއިން މިހާރު ވަނީ ކޮވިޑްގެ ތެރޭގައި އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް އެޕްރީލް 10ގައި އިންތިހާބު ބޭއްވޭނެ މަގު މިހާރު ވަނީ ފަހިކޮށްދީފައެވެ. އެހެންނަމަވެސް އިލެކްޝަންސް ކޮމިޝަނުން ބުނަމުން އަންނަނީ އެޗްޕީއޭގެ ގައިޑްލައިންތަކުގެ ސަބަބުން މިނިވަންކަމާއި ހަމަހަމަކަން ލިބުމަށް ހުރަސްއެޅޭ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރައިސް ނަޝީދު ވިދާޅުވީ، އިލެކްޝަންސް ކޮމިޝަންގެ ފަރާތުން މަޖިލިހަށް ސިޓީއެއް ފޮނުވާފައިވާކަމަށެވެ.

“އަޅުގަނޑު މިހާރު އަމީންއާންމް އަރިހުގައި ދަންނަވައިފި، އަޅުގަނޑުގެ ދަރިފުޅުގެ ހޯމްވޯކް އެކޭ މިއެކޭ އެއްގޮތޭ. އެވެސް ނުހަދާންވީ ނުހެދޭން އޮތް އެތައް ގޮތެއް ދަރިފުޅު އަޅުގަނޑަށް ކުޔައިދޭ.” ރައީސް ނަޝީދު ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސަށް ނިސްބަތްކުރައްވާ ރައީސް ނަޝީދު ވިދާޅުވީ މިހާރު އެ އޮތީ “ހޯމްވޯކް” ދީފައިކަމަށާއި، “ދެން އެ ނިންމައިގެން އަވަހަށް އައުން” ނޫންގޮތެއް ނެތްކަމަށެވެ. އަދި އިންތިހާބު މިހާރު އިއުލާނު ކޮށްފައި އޮތްދުވަހު އޮންނާނެ ކަމަށާއި، އަދި އެއަށް ބަދަލެއް ނުގެންނާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: