ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޔާސީ ބަޔާނަށް ދޭ ޖަވާބު އަންނަ ހަފްތާގައި އިއްވާނެ: އާދަމް ޝަރީފް

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަހަރަށް މަޖިލިސް ހުޅުމަށް ބޭއްވި ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނަށް އަންނަ ހަފްތާގައި މަޖިލީހުގެ މައިނޯރިޓީ ޕާޓީން ރައްދު ދެއްވުމަށް ތައްޔާރު ވެއްޖެއެވެ.

ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ ރިޔާސީ ބަޔާނަށް އަންނަ ހަފްތާގެ ޖަލްސާގައި ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ސަލީމް ޖަވާބު ދެއްވާނެކަމަށާއި، ރިޔާސީ ބަޔާނަށް ދެއްވާޖަވާބުން ސަރުކާރުން ސާފުކޮށްދޭންޖެހޭ ކަންކަން ސާފު ކޮށްދެއްވުމަށް ތައްޔާރައް ތިއްބެވުމަށް އެދޭ ކަމަށެވެ.

މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވަން ބޭއްވި ޖަލްސާގައި ބައިވެރި ނުވެވުނު ނަމަވެސް ރައީސް އިބްރާހިމް ސޯލިހް އިއްްވެވި ރިޔާސީ ބަޔާން ދިރާާސާ ކުރުމަށް ފަހު އެއަށް ރައްދު ދޭނެ ކަމަށް އިދިކޮޅު ކޯޅިޝަނުން މީގެ ކުރިން ވަނީ ބުނެފައެވެ.

ރައީސް ސޯލިހު ރިޔާސީ ބަޔާން އިއްވަން ފެއްޓެވުމާއެކު އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުންވެސް ވަނީ މަޖިލިސް އިދާރާ ސަރަހައްދުގައި އިހުތިޖާޖު ކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: