ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެކްސިން ޖެހިފަހުން ނިޔާވި އުމުރުން ދުވަސްވީ މީހާ: ވެކްސިން ދިނުމުން ހުން ވަރަށް ގަދަވެ، އެޑުމިޓުކުރަން ޖެހުނު!

ޝެއާރކޮށްލާ ކަހަލަދޯ؟

ވެކްސިން ޖެހުމަށްފަހު ނިޔާވި އުމުރުން 93 އަހަރުގެ މީހާގެ ގަޔަށް ވެކްސިން ދިނުމުން ވަރަށް ބޮޑަށް ހުން ގަދަވިކަމަށް އޭނާގެ އާއިލާއިން ބުނެފިއެވެ.

ގދ.ގައްދޫއަށް ނިސްބަތްވާ އުމުރުން ދުވަސްވީ މީހާއަށް ވެކްސިން ދީފައިވަނީ 17 ފެބުރުއަރީ 2021 ގައެވެ. ވެކްސިން ދިނުމުން ”ކާފަ“ އަށް ވަރަށް ގަދަޔަށް ހުން އައި ކަމަށާއި، އޭގެ ފަހުން ކާފަ ޖެހުނީ ސިއްޙީ މަރުކަޒަށް ގެންގޮސް އެޑްމިޓުކުރުމަށް ކަމަށްވެސް އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހާ ކިޔާދިނެވެ.

މަރުކަޒަށް ގެންދިޔައިރުވެސް ވަރަށް ސީރިއަސް ކަމަށާއި، ހިތް މަސައްކަތް ކުރަނީ ވަރަށް ދައްކޮށްކަމުން، ހޮސްޕިޓަލުން 18 ވަނަ ދުވަހުގެ ރޭގައި ކާފަ ތިނަދޫއަށް ފޮނުވާލިކަމަށްވެސް އޭނާ ކިޔާދިނެވެ. އަދި ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ނިޔާވީކަމަށްވެސް އޭނާ ކިޔާދިނެވެ.

ނަމަވެސް ކާފަ މަރުވީ ވެކްސިން ޖަހައިގެންނޭ ބުނަން ނޭގޭ ކަމަށްވެސް އޭނާ ބުންޏެވެ. މިކަމާއި ގުޅޭ ގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފައިވަނީ، ނިޔާވި އުމުރުން 93 އަހަރުގެ މީހާ ނިޔާވެފައި ވަނީ ކޮން ސަބަބަކާ ހުރެތޯ ދެނެގަތުމުގެ ތަޙްޤީޤު ކުރަމުންދާ ކަމަށެވެ. މިމީހާއަކީ މުސްކުޅި ބަލީގައި އެނދުމަތި ވެފައި އޮންނަތާ 10 އަހަރު ވެފައިވާ މީހެއް ކަމަށްވެސް އެޗްޕީއޭއިން ހާމަކުރިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: