ކޮވިޑު-19 އަށް ފަރުވާ ދެމުން ދިޔަ 63 އަންހެނަކު މަރުވެއްޖެއެވެ.
ނިޔާވެފައިވަނީ އުމުރުން 63 އަހަރުގެ އަންހެނެކެވެ. އޭނާއަކީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި އެޑުމިޓުކޮށްގެން ފަރުވާދެމުން އައި މީހެކެވެ.
މިއީ ރާއްޖޭގައި މި ބަލި ޖެހިގެން މަރުވި 59 ވަނަ މީހާ އެވެ.
މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 18،467 މީހުން ޕޮޒްޓިވް ވެފައިވެއެވެ.

