ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެޗްއީއޯސީގައި މަސައްކަތްކުރާ 6 މީހަކު ޕޮޒިޓިވް ވެއްޖެ

މީޑިއާތަކުން އެޗްއީއޯސީ އާއެކު ކުރިއަށް ގެންދިޔަ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު ހުންނަ ދަރުބާރުގޭގައި މަސައްކަތް ކުރާ ޓީމުން ހަ މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްއީއޯސީއިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ޑިރެކްޓަރު އަހްމަދު ނާސިރު ވިދާޅުވީ ދަރުބާރުގޭ ޓީމުން ހަ މީހުން ޕޮޒިޓިވްވެ، 29 ޑައިރެކްޓް ކޮންޓެކްޓުން ފާހަގަވެފައިވާ ކަމަށެވެ.

“އެ ފަރާތްތައް މިހާރު ވަނީ ކަރަންޓީން ކޮށްފައި. އަދި ދަރުބާރުގޭ ތެރޭގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށް، ހަރުދަނާ ކުރުމުގެ މަސައްކަތް ދަނީ ކުރަމުން.” އަހްމަދު ނާސިރު ވިދާޅުވި އެވެ.

ރާއްޖެއިން އެންމެ ފަހުން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މާލެ ސަރަހައްދުން 89 މީހުން ޕޮޒިޓިވެފައިވާއިރު، ރަށްރަށުން ޕޮޒިޓިވްވި 22 މީހުންގެތެރޭގައި މާފުށީގެ ގެސްޓްހައުސެއްގައި ތިބި 4 ފަތުރުވެރިއަކުވެސް ހިމެނޭކަަމަށް އެޗްއީއޯސީން ވިދާޅުވިއެވެ. މިއާއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 18،612 އަށް އަރާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: